ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާ ފެނި ރައީސް އިބުރޭއަށް ކީރިތި ކުރަން ފެއްޓިއްޖެ އެވެ.
އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ބުނަމުން އައި ރައީސް އިބުރޭ ކުއްލި ސިހުމެއް ގެނައި ނަތީޖާގެ ސަބަބުން ރައީސް އިބުރޭ ވަނީ ގިސް ލެވި ޗިސްލާފައި ލޮލުން ކަރުތައް އޮހޮރެން ފަށާފަ އެވެ.
ރައީސް އިބުރޭއަށް މިފަދަ ފުން އަސަރެއް ކޮށްފައި މިވަނީ އަރިހުގައި ތިއްބެވި ބަގުރޫޓް ފައްޔާޒު ފަދަ ގަމާރު މޮޔައިން ރައީސް އިބުރޭއަށް އަވާމެންދުރެއް ދެއްކެވިކަން ކަށަވަރުވުމުން ނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އިބުރޭ ވަނީ އިންތިހާބު ކާމިޔާބު ކުރުމަށް ތިޖޫރީތައް ހުސްކޮށް ބޭނުން ކޮށްފަ އެވެ. މިފަދަ ފުން އަސަރެއް ރައީސް އިބުރޭއަށް ކޮށްފައި މިވަނީ ބަގުރޫޓް ފައްޔާޒުމެން ލާރިތައް ކާލައި ތިޖޫރީ ހުސްކޮށްލުމުން ނެވެ.
ރައީސް އިބުރޭގެ މި ފުން ހިތާމައިން ނަޖާވެވޭތޯ އެމަނިކުފާނުގެ އަންހެނުން ސިއްކަ ފަޒުނާ ގެންދަނީ ތަފާތު ފޮނި ކާނާ ތައްޔާރުކޮށް ސަރުބަތު އަރުވަމުން ނެވެ.