ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅާ އެއްގޮތައް ރާއްޖޭގެ އެހި ސަރަހައްދުތަކުގައި އަޅަން ނިންމި ހުރިހައި މަސްކަނދެއް އަޅައި ނިމިއްޖެއެވެ. ރައީސްގެ ރިޔާސީ ވަޢުދު ފުޅުގައިވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި 5 ކަނދުފަތި އެޅުމަށެވެ.
މަސްކަނދު އަޅަމުންދަނީ މަސްވެރިކަމުގެ ލާބަޔާއި މަންފާއަށެވެ. މީގެސަބަބުން މަސްވެރިކަމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދެއެވެ.
މިނިސްޓްރީއޮފް ފިޝާރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ އިއްޔެ ބ.އަތޮޅު ހުޅަނގު ބިތުގައި ބ.ތުޅާދޫގެ ހުޅަނގުން 10 މޭލު ބޭރުގައި މަސްކަނދެއް އަޅާފައެވެ. މި މަސްކަނދު އެޅުމާއިއެކު ރައީސް އިބްރާހީމް މުހައްމަދު ސާލިހްވެ ރިޔާސީ ވައުދުގައި ހިމެނޭ ހުރިހައި މަސްކަނދެއް އަޅާ ނިމުނީއެވެ.
ރައީސްގެ ވައުދުގައި ރާއްޖޭގެ 5 ސަރަހައްދެއްގައި މަސްކަނދު އެޅުމަށް ވަނީ ނިންމާފައެވެ. އެއީ އެންމެ ފަހުން އަޅައިނިމުނު ތުޅާދޫގެ ހުޅަނގުން 10 މޭލު ބޭރުގައި އެޅި ކަނދުފައްޗާއި، ކ.ކާށިދޫ ކައިރީގައި އެޅި ކަނދުފައްޗާއި، ތ.ހިރިލަންދޫ ބޭރުގައި އެޅި ކަނދުފައްޗާއި، ތ.ވިލުފުށި ކައިރީގައި އެޅި ކަނދުފައްޗާއި، ތ.އެލާ ބޭރުގައި އެޅި ކަނދުފައްޗެވެ.
މިއިން ކޮންމެ ސަރަޙައްދެއްގައި އަޅާފައިވާ ކޮންމެ މަސްކަނދަކަށް ޚާއްސަ ނަންބަރެއްވެސް ވަނީ ދީފައެވެ. ޢާންމުގޮތެއްގައި މަސްކަނދަކީ، ރާއްޖޭގައި މަސްވެރިކަމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ އެއްޗެކެވެ. އެގޮތުން މަސްވެރިކަމުގެ ޚަރަދުތައް ކުޑަކުރުމަށް މަސްކަނދު ވިއުގަ އިތުރަށް ފުޅާ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.