ސަރުކާރާއި ދެކޮޅަށް މަޖިލިސް ދޭން ހެޔޮ ނުވާނެ: ރައީސް އިބުރޭ
ދެންމެ | 14 އޭޕްރިލް 2024

ނިމިދިޔަ ފަސް އަހަރު ލ މާވަށު ދާއިރާއަށް ކަމެއް ކޮށްދެވިފައިނެތީ ސަރުކާރާ އިދިކޮޅު ކެންޑިޑޭޓެއް އެ ދާއިރާ ތަމުސީލު ކުރަން މަޖިލީހަށް ހޮވުމުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި ލ މާވަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ، ނިމިދިޔަ ފަސް އަހަރު އެ ސަރުކާރުގައި މާވަށު ދާއިރާގައި މަސައްކަތްތަކެއްފެށި ނަމަވެސް ރައްޔިތުން ބޭނުންވާ ބާރު މިނުގައި އެ މަސައްކަތްތައް ނިންމާލެވޭގޮތެއްނުވި ކަމަށެވެ.

“ މިދާއިރާގައި ހިމެނޭ މާވަށާއި، ހިތަދޫއާއި ކުނަހަންދޫ އަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުގައި މަސައްކަތްތަކެއް ފެށިން. އެހެންނަމަވެސް ރައްޔިތުން ބޭނުންވި ހަލުވި މިނުގައި އެކަންތައް ނިންމާލެވޭ ގޮތެއް ނުވި “ ސާލިހު ވިދާޅުވިއެވެ.

ސާލިހު ވިދާޅުވީ މާވަށު ދާއިރާ ތަމުސީލު ކުރުމަށްޓަކައި ރައްޔިތުން ހޮވީ އިދިކޮޅު ކެންޑިޑޭޓެއް ކަމަށާއި އެހެންވުމުން ކަންކަން ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

އަދި ދާއިރާގެ ތަރައްގީއަށް އެއްވެސް ކަމެއް ކުރުމުގައި އެ ސަރުކާރަށް އިދިކޮޅު މެންބަރުންގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް ވެސް ސާލިހު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!