ފަރަށް އެރި މާޒު ބޯޓު ފުންކޮށްފި.
ދެންމެ | 30 މެއި 2022

އަށް މީހުންނާއި އެކު މިއަދު ފަރަށް އެރި މާޒު ބޯޓު މިހާރު ފުންކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 10:45 ހާއިރު ”މާޒު“ ބޯޓު ފުންކުރެވިފައިވާ ކަމަށާއި، ބޯޓުގެ ބަނޑު ފިލާ ކުޑަކޮށް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އެކަމާގުޅިގެން ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ޕަންޕެއް ބޭނުންކޮށްގެން ފެންހިއްކަމުން، މިހާރު ދޯނި ދަތުރުކުރަމުން ދަނީ މ.މުއްޔަށް ދިއުމަށް ކަމަަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

ކ.މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ ”މާޒު“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ފަރަށް އަރާފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ފަތިހު 4:51 ގައެވެ. މި ބޯޓު ފަރަށް އަރާފައިވަނީ މ.ތުވަރުގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!