ގަމުގައި 100 ހައުސިން ޔުނިޓް އަޅަން ސޮއިކޮށްފި
ދެންމެ | 30 މެއި 2022

ލ. ގަމުގައި 100 ހައުސިން ޔުނިޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.

ދިވެހި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އަޅާ މި ހައުސިން މަޝްރޫއުގެ އަގަކީ 84 މިލިއަން ދިވެހި ރުފިޔާ އެވެ.

ހައުސިން މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި ބޮޑުމިނަކީ 1000 އަކަފޫޓް ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމެއް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!