”އޭ ލޯބި ދޮންދޮން ސަދާއޭ“ ބުނުމުން މިއަދު މިގައުމުގައި ނޭނގޭނެ މީހަކު ވަރަށް މަދު ވާނެ އެވެ. ދައްކަން މިއުޅެނީ ނިމިދިޔަ އެމްޑީޕީ ސަރުކާރު އެންމެ ކޮރޮޕްޓް އެމްޑީ އިންގެ ތެރޭގައި ފާހަގަކޮށްލެވޭ ފެނަކަ ސައީދު ޕާސަނަލް ސެކްޓަރީގެ ގޮތުގައި މަސައްކަތް ކުރި ދޮން ކުރިކީލި ގަނޑެއް ފަދަ ސަދާ އާއި ސައީދާއި ގުޅިފައިވާ ކަރަޕްޝަނުގެ ވާހަކައެކެވެ.
ސަދާ ގޮވައިގެން ޑްރައިވް އެންޑް ސެކްސް ހެދުމަށް 2.8 މިލިޔަން ރުފިޔާގެ އަގުބޮޑު ކާރުކޮޅެއް ސައީދު ބައްލަވައިގެންނެވި ކަން ވެސް އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.
އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދާއި ސަދާ ’ޑްރައިވް އެންޑް ސެކްސް‘ ގެ އެކްސަސައިޒްތައް އެންމެ ބޮޑަށް ކުރިއަށް ގެންގޮސްފައި ވަނީ ސިނަމާލެ ބުރިޖްމަތިން ފެށިގެން ހުޅުމާލޭގެ ތެރޭގައި ވަކިން ހާއްސަކޮށް ސެކަންޑް ފޭސްގަ އެވެ.
މިފަހަރުގެ ގައްދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވާ ފެނަކަ ސައީދު ބެސްޓް ފްރެންޑެއްގެ ގޮތުގައި ބެލެވޭ ސައީދުގެ އުފަން ވާދޫ އެމްޑީޕީ އިސް ފަރާތެއް ކަމުގައިވާ ސައީދު ރުސްދީ ނަމަކަށް ކިޔާ މީހަކަށް އެކިފަހަރުމަތިން ވަނީ 10 މިލިޔަން ރުފިޔާ ޖަމާކޮށް އެފައިސާ ސައީދު ބޭނުން ކޮށްފަ އެވެ. އަދި ގައްދޫ ދާއިރާގައި ފެނަކައިން ބޭކާރު އެތައް ވަޒީފާއެއް އުފައްދާ މީނާ ރައްޔިތުން މަޖިލީހަށް ކުރިމަތިލުމަށް ކެމްޕޭނަށް ސަރުކާރުގެ މަގާމްގެ ނުފޫޒު ނާޖާއީޒު ގޮތުގައި ބޭނުންކޮށްފަ އެވެ.
ރައީސް އިބުރޭގެ ވެރިކަމުގައި ފެނަކަ ސައީދު ހިންގާފައިވާ ވައްކަމުގެ ބޮޑެތި މައްސަލަތައް އެންމެ ބޮޑަށް ތިލަކޮށްލާފައި ވަނީ ފެނަކަ ޑީއެމްޑީގެ މަގާމުން އިބުރާހިމް ވަހީދު އިސްތިއުފާ ދެއްވުމަށް ފޮނުވި ސިޓީގަ އެވެ.
މިސިޓީގައި ފެނަކަ ތެރޭގައި ކަރަޕްޝަން ހިންގަމުންދާ ވަރުގެ އިތުރުން ސައީދާއި ގުޅުން ނެތް އަދި ސައީދަށް ބައިނޭޅޭ ގޮތަށް ފެނަކައިން އެއްވެސް މަސައްކަތެއް ކޮށްފައި ފައިސާ ދޫނުކުރާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.