ބަންކަރިންނާއި ތެލާއި އެކު އިހަވަންދިއްޕޮޅު އެސްޓީއިން ތަރައްގީ ކުރަނީ.
ދެންމެ | 31 މެއި 2022
އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތާއެކު އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް އަޅަން ނިންމާފައިވާކަން އެސްޓީއޯއިން ހާމަކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ އެސްޓިއޯ އިން މިކަން ހާމަކުރީ މިހާރު ކުރިއަށް ދާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެވެ.
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު  ވިދާޅުވީ ރާއްޖެ އޮންނަ އެއް ޑިގްރީގެ ލޮކޭޝަންއަކީ ތަފާތު މަގެއް ކަމަށާ، އެތަނުގެ ފައިދާ ހޯދަން ޖެހޭ ކަމަށެވެ.
”އެ ސަރަހައްދަކު ނެތް މާގިނައިން ހިދުމަތް ދެވޭނެ ގޮތެއް. އަޅުގަނޑުމެންގެ މަގުސަދަކީ ސްޓްރެޓެޖިކް ސްޓޯރޭޖާއެކީގައި އިންޓަނޭޝަނަލް ބަންކަރިންއަށް ދިއުން. ފުރަތަމަ މަސައްކަތް ކުރަނީ ފްލޯޓިން ސްޓޯރޭޖަކާއެކު މަަސައްކަތް ފަށަން. އެކަން ކޮށްފިނަމަ ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ،“ އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފްއެސްއެމްގެ ފްލީޓަށް އިތުރު ބާޖު ވެސް ގެނެސްފައިވާ ކަމަށާ މި ކަމުން އެ ކުންފުނީގެ ހިދުމަތް ވެސް ރަނގަޅު ވާނެ ކަމަށެވެ.
”އަޅުގަނޑު ހައިރާންވޭ އަހަރުގެ ކޮންމެ ދުވަހަކު 360 ދުވަހު ރަށްރަށަށް ގޮސް ތެޔޮ އަޅާލަ އަޅާލަ އެފްއެސްއެމް އޮންނަނީ. މިހާރު އެފްއެސްއެމްގެ ހިންގުންވެސް ވަނީ ހަރުދަނާވެފައި،“ އަމުރު ވިދާޅުވި އެވެ.
އިހަންދިއްޕޮޅުގެ އެ ސަރަހައްދަކީ ދުވާލަކު 300 އެއްހާ އާގު ބޯޓް ދަތުރުކުރާ މަގެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!