އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ބަގުރޫޓް ފައްޔާޒު އިންތިހާބު ކުރީ އެޕާޓީގެ އެންމެ އާރާއި ބާރުގައި ވެރިިކަމުގައި ޕާޓީ އޮއްވަ އެވެ.
ފައްޔާޒުގެ މޭސްތިރިކަމުގައި ޕާޓީ ކުރިމަތިލި ފުރަތަމަ ރިޔާސީ އިންތިހާބުން ވެސް ޕާޓީގެ ކެޑިޑޭޓް ވެރިކަމުގައި ކަމުގައި ހުންނެވި ރައީސް އިބުރޭގެ ވެރިކަން ބަގުރޫޓު ކޮށްލި އެވެ.
ފައްޔާޒަކީ ވިޔަފާރިއެއް ކުރިނަމަވެސް ލޯފާމެއް ހިންގި ނަމަވެސް ބަގުރޫޓްވުމުގެ ސާފް ޓްރެކް ރިކޯޓެއް އޮތް ފަރާތެވެ.
ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވުމުގެ ފަހު ހިނގާލުން މިއަދު މާލޭގައި އެމްޑީޕީން ބާއްވި އިރު އުންމީދެއް ނެތެވެ. ހިނގާލުމަށް ނިކުތް މީހުން ކޮޅު އިންތިހާއަށް މަދެވެ.
އެމްޑީޕީ ހިނގާލުންތަކާއި މުޒާހަރާތަކަށް ކުރިން ހާހުން މީހުން ނިކުތް ނަމަވެސް އެމަންޒަރު މިއަދު ވަނީ ބަދަލުވެފަ އެވެ.
މިއީ ފަހުގެ ތަރީޚެއްގައިވެސް އެމްޑީޕީން ބޭއްވި މިފަދަ ސިޔާސީ ހަރަކާތަކަށް މިހާ ފިނި ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރެވެ. ޚާއްސަކޮށް މާލެ ސިޓީއަކީ މީގެ ކުރިން އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ތަނަކަށް ވީ ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އެ ޕާޓީއަށް މާލެއިން އަޣުލަބިއްޔަތު ލިބިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.
ތެދެކެވެ. ފަސް އަހަރުގެ ދައުރެއް ފުރިހަމަ ބާރާއި އެކު ނިންމާލި އިރު ރައްޔިތަކަށް ލިބުނު ނަފާއެއް މަންފާއެއް ނެތެވެ. ބިޔަ އެމްޑީޕީ ވެސް ބަގުރޫޓް ކޮށްލައިފިއެވެ.