އާމިރުގެ ”ލާލް ސިންގް ޗައްދާ“ ގެ ޓްރެއިލާ ނެރެފި.
ދެންމެ | 31 މެއި 2022

އާމިރު ހާން ލީޑު ރޯލުން ފެންނަ، ”ލާލް ސިންގް ޗައްދާ“ ގެ ޓްރެއިލާ ނެރެފި އެވެ.

އާމިރު ހާނާއި ކަރީނާ ކަޕޫރު ބައިވެރިވާ މި ފިލްމަކީ ހޮލީވުޑް ފިލްމު ފޮރެސްޓް ގަމްޕްގެ ހިންދީ ފިލްމެކެވެ.

އަދްވައިތު ޗަންދަން ޑައިރެކްޓްކޮށް ނެރޭ އެ ފިލްމުގެ ޓްރެއިލާގައި އާމިރު ފެންނަނީ ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ރޯލުންނެވެ. އެކަމަކު އޭނާގެ މަންމަ، އޭނާއަށް ކިޔަވައިދޭން ކުރާ މަސައްކަތުން ހޯދާ ކާމިޔާބީ އާއި ހަނގުރާމައިގެ މަންޒަރުތަކެއް ވެސް ދެ މިނެޓްގެ އެ ޓްރެއިލާ އިން ފެނެ އެވެ.

އުއްމީދާއި ލޯބީގެ މަންޒަރުތަކެއް ދައްކުވައިދޭ އެ ފިލްމު ރިލީޒްކުރަން އޮތީ އޮގަސްޓް 11 ގަ އެވެ. އެ ފިލްމަކީ ތެލޫގޫ ތަރި، ނަގާ ޗައިތަންޔާ ބޮލީވުޑަށް ނުކުންނަ ފިލްމެވެ.

އެ ފިލްމުގެ ޓްރެއިލާ އާންމުކޮށް ކަރީނާ ބުނީ ކޮވިޑްގެ ބަލިމަޑުކަމާ އެކު ދެ ލޮކްޑައުން އަދި ދަރިއަކު ވެސް ލިބުނު ފަހުން އޭނާގެ އެންމެ ހާއްސަ ފިލްމު ރިލީޒްކުރަން ތައްޔާރުވެފައިވާ ކަމަށެވެ. ކަރީނާ ވަނީ އޭނާ އާއި އޭނާގެ ދަރިފުޅާ މެދު ގެންގުޅުނު އޯގާތެރިކަން ވެސް ފާހަގަކޮށްފަ އެވެ.

 

ދެވަނަ ދަރިފުޅަށް ކަރީނާ ބަނޑުބޮޑުވީ ފިލްމުގެ ޝޫޓިންތައް ކުރިއަށް ދަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް