ހެލިގަން އަލަނާސި
ދުނިޔެއިން މަދުން ނޫނީ ނުފެންނަ އަލަނާސީގެ މި ބާވަތަކީ ދުނިޔޭގެ އެންމެ އަގުބޮޑު މޭވާގެ ގޮތުގައި ބެލެވިފައިވާ މޭވާ އެވެ. މި ބާވަތުގެ އަލަނާސީގެ އަގު އުޅެނީ 15000 އެމެރިކާ ޑޮލަރުގަ އެވެ.
މިޔަޒާކީ އަނބު
އޭގެ މުއްސަނދި ކުލައާއި ރަހައަށްޓަކައި މަޝްހޫރު މިޔަޒާކީ އަނބަކީ ޖަޕާނުގައި ހާއްސަ ގަދަރެއް ދެވިފައިވާ މޭވާ އެކެވެ. މި މޭވާގެ އެންމެ އެއްޗެއް ވެސް އުޅެނީ 3600 ޑޮލަރުން މަތީގަ އެވެ.
ރޫބީ ރޯމަން މޭބިސްކަދުރު
އަހަރަކު ގާތްގަނޑަކަށް 24000 ކޯނި ހެދޭ މި މޭބިސްކަދުރުގެ އެންމެ ކޯންޏެއްގެ އަގުވެސް އުޅެނީ 450 ޑޮލަރުގަ އެވެ. މި މޭބިސްކަދުރު ހައްދަން އުނދަގޫވުމާއެކު އެ ވެފައިވަނީ ދުނިޔޭގައި އެންމެ ތަދު މޭވާތަކުގެ ތެރެއިން މޭވާ އަކަށެވެ.
ޔުބާރީ ކިންގް މެލަން
މަޑު ފޮނި ރަހައެއް ހުންނަ މެލަންގެ މި ބާވަތަކީ އެންމެ އަގުބޮޑު މޭވާތަކުގެ ލިސްޓުގައި ހިމެނޭ ޖަޕާނަށް ހާއްސަ މޭވާތަކުގެ ތެރެއިން މޭވާއެކެވެ. މި މޭވާގެ އަގު އުޅެނީ ގާތްގަނޑަކަށް 200 ޑޮލަރުގަ އެވެ.
ހަތަރެސްކަން ކަރާ
ކަރައަކީ ރާއްޖޭގެ ބާޒާރުން ވެސް ލިބެން ހުންނަ ފަސޭހައިން ހެއްދޭ އާއްމު ގޮތެއްގައި އަގުހެޔޮ މޭވާ އެކެވެ. އެހެން ނަމަވެސް ހަތަރެސްކަން ބައްޓަމަށް އުފައްދާ ކަރާގެ މި ބާވަތަކީ އެ ހައްދަން ބޭނުންކުރާ އުކުޅުގެ ސަބަބުން އަގުބޮޑު މޭވާ އެކެވެ. މި ބާވަތުގެ ކަރާގެ އާއްމު އަގަކީ 100 ޑޮލަރެވެ.