ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ.
«أضل الله عن الجمعة من كان قبلنا، فكان لليهود يوم السبت، وكان للنصارى يوم الأحد، فجاء الله بنا فهدانا الله ليوم الجمعة، فجعل الجمعة والسبت والأحد، وكذلك هم تبع لنا يوم القيامة، نحن الآخرون من أهل الدنيا، والأولون يوم القيامة، المقضي لهم قبل الخلائق».
މާނައީ: ”ކުރީގެ އުންމަތްތަކުގެ މީހުން ހުކުރުދުވަހުގެ މަތިވެރިކަން ޙާޞިލުކުރެއްވުމުން ﷲ ތަޢާލާ އެއްކިބާ ކުރެއްވިއެވެ. ޔަހޫނީންދަށް ހޮނިހިރު ދުވަސް ލެއްވިއެވެ. އަދި ނަޞާރާއިންނަށް އާދިއްތަ ދުވަސް ލެއްވިއެވެ. ފަހެ ﷲ ތަޢާލާ އަހަރެމެންގެ މި އުންމަތައް ހުކުރުދުވަހުގެ މަތިވެރިކަން ޙާޞިލުވާނޭ މަގަށް މަގު ދެއްކެވިއެވެ. ފަހެ އެއިލާހު އެދުވަސްތައް ލައްވާފައިވަނީ ހުކުރު ހޮނިހިރު އާދީއްތަ މިފަދައިންނެވެ. (އެބަހީ: މިތަރުތީބުންނެވެ.) ހަމަ އެފަދައިން ޤިޔާމާތްދުވަހުން އެހެން މީސްތަކުން އަހަރެމެންނާ ތަބަޢަވާނެއެވެ. ދުނިޔޭގެ އަހުލުވެރިންގެ ތެރެއިން އެންމެ ފަހު އުންމަތަކީ އަހަރެމެންގެ މި އުންމަތެވެ. އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ، އެހެން ޚަލްޤުތަކުންނަށްވުރެ ކުރިން ޙިސާބުބެއްލެވޭ ހުށީ މިއުންމަތެވެ.“
شرح وترجمة حديث: نحن الآخرون من أهل الدنيا، والأولون يوم القيامة – موسوعة الأحاديث النبوية (hadeethenc.com)
މި ޙަދީޘުން ލިބޭ ފައިދާތައް
· ޔަހޫދީންނަށް އެމީހުންގެ ޚާއްޞަ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް ލެއްވުން
· ނަޞާރާއިންނަށް އާދިއްތަ ދުވަސް ލެއްވުން
· ﷲ ޞުބްޙާނަހޫ ވަތަޢާލާ ހުކުރު ދުވަސް އަޅުގަނޑުމެންގެ މިއުންމަތަށްޓަކައި ޚިޔާރުކުރައްވައި މިއުންމަތައް ޚާއްޞަ ދުވަހެއްކަމުގައި މިދުވަސް ލެއްވުން
· ޤިޔާމަތްދުވަހު އެންމެ ފުރަތަމަ، އެހެން ޚަލްޤުތަކުންނަށްވުރެ ކުރިން ޙިސާބުބެއްލެވޭ ހުށީ މިއުންމަތައްކަން
· ހުކުރު ދުވަހު ދުޢާ އިޖާބަވާ ވަގުތެއް އަންނަކަން
· ހުކުރު ދުވަސް އެއީ ހަފްތާއަކު އެއްފަހަރު މުސްލިމްތަކުންނަށް އަންނަ ޢީދެއްކަން
· ހުކުރު ދުވަސް ހަފްތާގެ އެހެނިހެން ދުވަސްތަކުގެ މައްޗަށް މާތްކުރެއްވެވިކަން
· ﷲ ތަޢާލާގެ ރަޙްމަތް އަދި އޯގާވަންތަކަން
· ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އުއްމަތަށް އުންގަންނައިދެއްވުން