ހައްޖައްދާން ފޯމް ލުމުން އަދާލަތު ޕާޓީއަށް ވައްދައިފި.
ދެންމެ | 31 މެއި 2022

ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް، ހައްޖަށް ދާން ފޯމް ލީ ތަނުން އޭނާގެ މަންމަ އާއި ބައްޕަ އަދާލަތު ޕާޓީގެ ރަޖިސްޓްރީގައި ހިމަނައިފި ކަމަށް، ވެލިދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެ އެވެ.

”އަޅުގަނޑު ގަބޫލުކުރަނީ އެކަން އެ ގޮތަށް ކުރީ ހައްޖު ކޯޕަރޭޝަނާއި އަދާލަތު ޕާޓީ ގުޅިގެން ކަމަށް. ދިހަ ހާސް [މެންބަރުން] ހަމަކުރަން ވެސް މިފަދަ ހުތުރު ކަންކަން ނުކުރުމަށް ގޮވާލަން،“ މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.

”އެ ނޫން ގޮތަކަށް މަންމަ އާއި ބައްޕަގެ އައިޑީ ކާޑުގެ ކޮޕީއެއް އެ މީހުންނަށް ލިބޭނެ ގޮތެއް ނޯންނާނެ.“

އޭނާ ވިދާޅުވީ ”މި ހުންނަނީ ދެރަ ކަންކަން“ ކަމަށެވެ.

އެކަމަކު އަދާލަތު ޕާޓީން އެކަން ދޮގު ކުރެ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝިޔާޒު ވިދާޅުވީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް އެ ޕާޓީ އަށް މީހުން ވައްދާފައި ނުވާނެ ކަމަށެވެ.

ވެލިދޫ ދާއިރާގެ މެމްބަރު އެ ކުރައްވަނީ ހަގީގަތެއް ނެތް ދޮގު ތުހުމަތެއް ކަމަށާއި ޕާޓީ އަށް ފޯމެއް ލިބުމުން އެ ފޯމެއްގެ ސައްހަކަން ޕާޓީގެ ގާބިލިއްޔަތު ހުރި ވަރަކުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

”އެކި ދިމަދިމާލުން ފޯމުތައް އަންނައިރު އަޅުގަނޑުމެންނަށް ވެސް އެންމެ ފުރިހަމައަށް ވެރިފައި ނުކުރެވިދާނެ. ފިންގާ ޕްރިންޓް ވެރިފައި ކުރެވޭނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޯވޭ. އެކަމަކު ކިރިޔާ ވެސް ޝަކުވާއެއް އައިސްފި ނަަމަ އަޅުގަނޑުމެން އީސީއަކަށް އެ ފޯމެއް ނުފޮނުވާނެ،“ ޝިޔާޒް ވިދާޅުވި އެވެ.

މީހުންނަށް ނޭނގި އެކި މީހުން އެކި ޕާޓީތަކަށް ވައްދާ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ. ބައެއް ޕާޓީތަކުގެ ދަފުތަރުގައި އެތައް ހާސް މީހުންނެއް އެ މީހުންނަށް ނޭނގި ރަޖިސްޓްރީ ކޮށްފައި އެބަހުއްޓެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!