އެމްޑީޕީ ފުޑުފުޑުވެ ބަގުރޫޓް ވިޔަސް ނަމަނަމަ ފައްޔާޒު އިސްތިއުފާ ނުދިނުމަށް ޝާހިދު އެދިއްޖެ
ދެންމެ | 02 މެއި 2024

އެމްޑީޕީން މިރޭ ވަނީ މަޖިލީހުގެ އިންތިހާބަށްފަހު، ފުރަތަމަ ފަހަރަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމަށް މީޑިއާ ވައްދާފައެއް ނުވެއެވެ.

ނަމަވެސް އެ ބައްދަލުވުމަށްފަހު ނޫސްވެެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވުމަށްފަހު މިއީ މިގޮތަށް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި ”ހަތާވީސް“ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ އިންތިހާބުތަކުން ބަލިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމުގެ ދިރާސާއެއް އެ ޕާޓީން ހަދާނެ ކަމަށެވެ.

ފައްޔާޒުގެ އިސްތިއުފާ އަށް ގޮވާ ގޮވުންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ވާހަކަ ބޮޑަށް ދައްކަމުން ގެންދަނީ އެމްޑީޕީއާ އިދިކޮޅު ފަރާތްތައް ކަމަށެވެ.

”މިވަގުތު އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް އިނގޭތޯ،“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ އިސްތިއުފާއާ ގުޅޭ ސުވާލާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް ޝާހިދު ވެސް ވާހަކަދެއްކެވިއެވެ. ވިދާޅުވީ މިވަގުތު އެޕާޓީގެ ލީޑާޝިޕްގައި ތިއްބެވީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށް ފިލާނެ ބައެއް ނޫން ކަމަށެވެ.

”ޗެއާޕަސަން އިސްތިއުފާ ދެއްވުމަށް ގޮވާލާ ވާހަކައާ އިސްތިއުފާ ދެއްވާނަންތޯ ތިކުރެއްވި ސުވާލަށް އަޅުގަނޑު ޗެއާޕާސަން އަރިހުން އެދެން އެއްވެސް ހާލެއްގައި އިސްތިއުފާ ދެއްވައިގެން ނުވާނެ،“ ޝާހިދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!