ކުރީގެ ދިވެހި ދެމަފިރިން އެކަކު އެނެކެއްގެ އޮރިޔާން ޓިކްޓޮކަށް ލާން ފަށައިފި
ދެންމެ | 03 މެއި 2024

ކުރީގެ ދެމަފިރިން އެކަކު އަނެކެއްގެ ބަރަހަނާ ވީޑިއޯތައް ޓިކްޓޮކްގައި އާންމު ކުރަން ފަށައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ދެމީހުން ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ކައިވެނީގެ ގޮތުން ގުޅިގެން އުޅުނެވެ. މިދިޔަ 2023 ވަނަ އަހަރު އެ ކައިވެނި ރޫޅުނު އިރު އެ ދެމީހުންނަށް ދަރިއަކުވެސް ހުރެ އެވެ.

ނ. ހޮޅުދޫއަށް ނިސްބަތްވާ އަންހެން މީހާގެ ބުރުގާ ނާޅާ ފޮޓޯތަކެއް ޓިކްޓޮކްގައި ޕޯސްޓު ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެ ފޮޓޯތައް ޕޯސްޓު ކުރީ އަންހެން މީހާއަށް ފުރައްސާރައިގެ ބަސްތަކެއް ލިޔެފައިވާ އައިޑީއަކުންނެވެ. އެ އައިޑީއަކީ ކުރިންވެސް ބޭނުންކޮށްފައިވާ އަދި ގިނަ ބަޔަކު ފޮލޯވެސް ކުރާ އައިޑީ އެކެވެ. އަންހެން މީހާ ތުހުމަތު ކުރާ ގޮތުގައި އެއީ އޭނާގެ ކުރީގެ ފިރިމީހާ ގެންގުޅޭ ޓިކްޓޮކް އައިޑީ އެކެވެ.

ފިރިހެން މީހާ އެއްވެސް އަންނައުނެއް ނުލާ ހުރި ވީޑިއޯތަކެއް ޖިންސީ ގުނަވަނުގައި ސްޓިކާއެއް ޖެހުމަށްފަހު ޓިކްޓޮކަށް ޕޯސްޓު ކުރީ އިއްޔެ އެވެ. އެ ވީޑިއޯތައް ޕޯސްޓުކޮށްފައިވަނީ އަންހެން މީހާގެ އައިޑީއަކުންކަން އޭގައި ހުރި ވީޑިއޯތަކުގައި ޖަހާފައި ހުރި ނަމުން އިނގެ އެވެ. އެގޮތުން އެ ވީޑިއޯތަކުގައި އަންހެން މީހާގެ އަސްލު އައިޑީގެ ވޯޓާ މާކެއް ވަނީ ޖަހައިފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފިރިހެން މީހާ ނިސްބަތްވަނީ ހދ. ނޭކުރެންދޫ އަށެވެ. އެހެންނަމަވެސް އޭނާ މިހާރު ދިރިއުޅެނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާގެ ރަށް ޅ. ނައިފަރުގަ އެވެ.

އެންގިފައިވާ ގޮތުން މި ދެމީހުން ވަރިވީވެސް ޓިކްޓޮކް ލައިވްއެއްގަ އެވެ. އެ ލައިވްގައި ފިރިހެން މީހާ އަންހެން މީހާގެ މައްޗަށް ޒިނޭ ކުރިކަމުގެ ތުހުމަތު ކުރި އެވެ. އެހެންނަމަވެސް އަންހެން މީހާ ދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ.

ފިރިހެން މީހާ އެހެން މީހަކާއި ކައިވެނިކޮށްގެން ދެ ކުދިން ތިބެ އެވެ. އެ ދެކުދިން ތިބެނީ އެކުދިންގެ މަންމަ ކައިރީގައި ލ. އަތޮޅުގަ އެވެ. އަންހެން މީހާވެސް އެހެން މީހަކާއި ކައިވެނިކޮށްގެން ކުދިން ތިބެ އެވެ. އެކުދިން ތިބެނީ ދައުލަތުގެ ބެލުމުގެ ދަށުގައިކަމަށް މައުލޫމާތު ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!