ބަންދުގައި ހުރި މީހަކަށް ފުލުހުން އަނިޔާ ކޮށްފި
ދެންމެ | 08 މެއި 2024
ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި މީހަކަށް ފުލުހުން އަނިޔާ ކުރިކަމަށް ކޯޓުގައި އޭނާ ބުނެފި އެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުގައި އޭނާ ބުނެފައިވާ ކަމަށް އޭނާއާ ހަވާލާދީ ބަންދު ރިޕޯޓުގައިވަނީ ސީނުގައި ފުލުހުން އޭނާއަށް އަނިޔާ ކުރިކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ނެތެވެ.

ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި މީހާއަކީ، ހިންމަފުށީ ރީހެބުގައި ފަރުވާ ހޯދަމުން ދާ މީހެކެވެ. އޭނާ މާލެ އައިސް ހުރީ ބޭސް ފަރުވާއަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާ އެއްވެސް މީހަކަށް ވަޅިން ބިރު ނުދައްކާ ކަމަށް އޭނާ ބުނެފައިވާ ކަމަށް ބަންދު ރިޕޯޓުގައި ބުނެފައިވެ އެވެ.

ހައްޔަރު އަދި ބަންދު ރިކޯޑް ގިނަ މި މީހާ 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ މިއަދު އަމުރު ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!