ރައްޔިތުންގެ ފައިސާއިން މުސާރަ ނަނގާ ސިޔާސީ މީހާ ބޮޑާވެ، ރޯނު އެދުރަކަށް ބަދަލުވުން!
ދެންމެ | 14 މެއި 2024

ރައްޔިތުންގެ ޓެކުސް ފައިސާއިން މުސާރަ ނަނގާ ސިޔާސީ މަގާމްތަކުގައި ތިބެނީ ރައްޔިތުންގެ އަޅުންނެވެ. ސިޔާސީ މަގާމެއް ނޫނަސް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވާ ކޮންމެ މީހަކީ ރައްޔިތުންގެ ހާދިމުންނެވެ. އޭނާއަކީ ރައްޔިތުންގެ މަސަކަތް ކުރަން މުސާރަ ދީފައި ތިބޭ މީހުންނެވެ.

މި ދިވެހި ގައުމުގައި ކަން ވެގެންދަނީ މުޅިން ހިލާފަށެވެ. ރައްޔިތުންގެ ހަޒާނާއިން ބޮޑު މުސާރަނަގައިގެން ރައްޔިތުންނަށް ހިދުމަތް ކުރަން ވަޒީފާއަށް ނިކުމެފައި ރައްޔިތުންނަށް ތިމާމެންގެ ބޮޑާކަމާއި ގަދަބަސް އިއްވަނީ އެވެ.

ސިޔާސީ މަގާމުތަކުގައި ކޮންމެ ފަސް އަހަރަކުން ބަދަލުވާ މީހުންގެ ހާލަތު އެހެން ރައްޔިތުންގެ އަޅުންނަށް ވުރެ ބޮޑާކަން ބޮޑެވެ.

ސިޔާސީ މަގާމަށް ދެވުމާއި އެކު ދިރިއުޅޭ އެޕާޓްމެންޓް ލަގްޒަރީ 4000 ޑޮލަރުގެ އެޕާޓްމަންޓަކަށް ބަދަލުވެ އެވެ. ދުނިޔޭގެ އެތައް މިތަނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ދަތުރުކޮށް  ނަގާ ފޮޓޯތަކާއި ވީޑިޔޯތަކުން ސޯސަލް މީޑިޔާ އާއި އެހެންވެސް ވައިބަރ ގްރޫޕްތައް ފުރާލަ އެވެ. ލިބިގެންދާ ކުއްލި މުއްސަދިކަމުން ހަރަދު ކުރުމަށް ހައްދެއް ސުމާރެއް ނެތެވެ.

ސިޔާސީ މީހުންގެ ނާޗަރިންގީ ބަޖެޓަށް މިލިޔަނުން ހަރަދުތައް ކުރަމުންދާއިރު ރައްޔިތުންގެ ކަރަންޓް ބިލާއި ފެނާއި އެޕާޓްމެންޓް ކުލީގެ ހަރަދުތައް އިންތިހާއަށް ބޮޑެވެ.

ރައްޔިތަކު ވިޔަފާރިއެއް ކުރާތީ ސަރުކާރަށް ނަގާ ޓެކްސް އިންތިހާއަށް ބޮޑެވެ. ރައްޔިތުންނާއި ވިޔަފާރިވެރިން ފެލާލައިގެން ނަގާ މިދެންނެވި ޓެކްސް ފައިސާ ސިޔާސީ ރަަންޑިން ބޭނުން ކުރަނީ ނާޗަރަންގީ ކުޅޭށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއަށް ވާގޮތެއް އިނގޭ ރައްޔިތެއް ނެވެ.

ތިމާއަކީ ކުރިން ސައި ހޮޓަލެއްގެ ވެއިޓަރަކަށް އުޅުނު މީހެއް ނަމަވެސް އަދި ކިޔެވި މަދަރުސާއެއް ޔުނިވާސިޓީއެއް ނެތް ނަމަވެސް ސަރުކާރު ބޮޑެތި މަގާމަކަށް ދެވުމާއި އެކު އޭނާއަށް ނޭނގޭ ހަމަ އެއްވެސް ކަމެއް ނޯވެ އެވެ. ވަގުތުން އެ ބަދަލުވަނީ ހުރިހާ ކަމެއް ދަންނަ ރޯނުއެދުރަކަށެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!