ބޮޑު ތަދަކާއި ކުރިމަތިލާން ތައްޔާރު ވުމަށް ރައީސް ގޮވާލައްވައިފި.
ދެންމެ | 03 ޖޫން 2022

ދުނިޔެއަށް އަންނަމުންދާ އިގްތިސާދީ އަދި މާލީ ލޮޅުންތަކުން ރައްކާތެރިވުމަށް ކޮންމެ ކަމެއްގައި ވެސް އިގްތިސާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ގޮވާލައްވައިފި އެވެ.

ރައީސް މިގޮތަށް ވިދާޅުވީ، ރައީސް އޮފީހަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަރަދު ކުޑަކުރުމަށް ކުރެވިދާނެ އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ކަރަންޓު ހަރަދު ކުޑަކުރުމާއި ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން ހިމެވެ.

ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި، އަސާސީ ކާބޯތަކެތީގެ ސަޕްލައިއަށް ބުރޫއަރައި އެ ތަކެތީގެ އަގުތައް މައްޗަށް ދާތީ، ދައުލަތުގެ ބަޖެޓުން މި އަހަރު ތެލުގެ ސަބްސިޑީއަށް ކުރަން ކަނޑައެޅި މިންވަރަށް ވުރެ ތިން ގުނަ އިތުރަށް ހަރަދު ކުރަން ޖެހިފަައިވާ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ ހަރަދުތައް ކުޑަކޮށް، މަޝްރޫއުތަކުގެ ތަރުތީބު ބަދަލު ކުރަން ވެސް ރައީސް ވަނީ ނިންމަވާފަ އެވެ. ނަމަވެސް، އެ ކަންކަމުގެ ތަފްސީލެއް ސަރުކާރަކުން އަދި ހާމައެއް ނުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!