ކަނޑު ގަދައިރު ކަނޑު މައްޗަށް އެރުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ.
ރަސޫލު ﷲ ﷺ ވަނީ ކަނޑުގެ ރާޅުތައް ބޮޑުވެ، ކަނޑުގަދަވުމުން ކަނޑު މައްޗަށް އެރުން މަނާކުރައްވާފައެވެ.
ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ.
«وَمَنْ رَكِبَ الْبَحْرَ بَعْدَ مَا يَرْتَجُّ، فَقَدْ بَرِئَتْ مِنْهُ الذِّمَّةُ»
[رواه أحمد في “مسنده”
(20749)، وحسنه الألباني في “صحيح الترغيب والترهيب ” (3078)]
މާނައީ: “ކަނޑު ގަދަވެފައި ވަނިކޮށް ކަނޑު މައްޗަށް އަރާ މީހާ ދަންނާށެވެ. އޭނާ އެވަނީ ﷲ ތަޢާލާގެ ރައްކާތެރިކަމުން ނިގުޅިގެން ގޮސްފައެވެ.”
ގުޅުންހުރި ލިޔުންތައް