ރައީސް ޑރ. މުއިއްޒުގެ ލަފާފުޅަށް އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފި
ދެންމެ | 27 މެއި 2024

އެސްޓީއޯ އިން އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގު ހެޔޮ ކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމުން ކަމަށެވެ. މިފަހަރު ގެނައި ބަދަލާ އެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފަ އެވެ. އެހެންވެ މިއަދުން ފެށިގެން ފެޓްރޯލު ލީޓަރެއް ވިއްކާނީ 13.98ރ. އަށް އަދި ޑީސަލް ލީޓަރެއް 13.92 ލާރިއަށެވެ.

އެސްޓީއޯއިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެފަހަރު ޕެޓްރޯލް ލިޓަރެއް 14.73ރ. އިން 14.33ރ. އަށް ކުޑަ ކުރި އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 15.07ރ. އިން 14.62ރ. އަށް ކުޑަކޮށްފަ އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ހިދުމަތްތައް ހުއްޓުމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯއިން ދޭތެރެ ދޭތެރެއިން ތެލުގެ އަގަށް ބަދަލު ގެނެ އެވެ. މި ވަގުތު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް ލިބެން ހުރީ 83-77 ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ.

މި އަގުތަކުގެ ހަގީގީ އަސަރު އާންމުންނަށް ނުކުރަނީ ސަރުކާރުން ތެޔޮ ސަބްސިޑީ ދޭތީ އެވެ. މިދިޔަ އަހަރު ވެސް ތެލުގެ ސަބްސިޑީ އަށް 1.9 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި މި އަހަރު ތެލުގެ ސަބްސިޑީ އަށް 770 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!