ރާއްޖޭގެ އުތުރަށް ބިންހެލުމުގެ އަސަރު ކޮށްފި
ދެންމެ | 27 މެއި 2024

މިރޭ ހދ ގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްކޮށްފައިވާ ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން ބުނެފި އެވެ.

އެ އިދާރާއިން މިރޭ ”އެކްސް“ ގައި އާއްމުކުރި ޕޯސްޓެއްގައި ބުނީ، ހދ. ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖެގަޑިން މިރޭ 08:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޭގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މެޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!