ގިނަ ގައުމުތަކެއް ބައިވެރިވާ ސިޑްސް 4 ގެ ރިޔާސަތަށް ރައީސް ޑރ. މުޢިއްޒު
ދެންމެ | 28 މެއި 2024

‎މިކޮންފަރެންސްގެ އެއް ނައިބު ރައީސްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބެލެހެއްޓެވީ އިއްޔެ މެންދުރު ކުރިއަށްދިޔަ ޕްލެނަރީ ސެޝަންގެ ރިޔާސަތެވެ.

‎“ޗާރޓިންގ ދި ކޯސް ޓުވަރޑްސް ރެޒިލިއެންޓް ޕްރޮސްޕެރިޓީ“ ގެ ތީމްގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި މަޢުލޫމާތު މުއްސަނދި ބަހުސްތަކާއިއެކު، ސިޑްސްއާ ގުޅޭ ބިނާކުރަނިވި ހައްލުތައް ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ހެނދުނު ކުރިއަށް ދިޔަ، މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގެ ޕްލެނަރީގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޑްސްގެ ޤައުމުތަކުން އިސްނަގައި، ކުދި ޖަޒީރާ ޤައުމުތަކަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ ކަމުގައި ވިދާޅުވެފައެވެ.

‎މި މަހާސިންތާގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ މަހާސިންތާއަށް ހާޒިރުވެވަޑައިގެން އުޅުއްވާ ގިނަ ޢަދަދެއްގެ އިއްޒަތްތެރީންނާއި ބައްދަލުކުރައްވާ، ސިޑްސްގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަދި ދިވެހިރާއްޖެއަށް މުހިންމު އެކި ދާއިރާތަކަށް އިސްކަންދެއްވައިގެން މަޝްވަރާތައް ކުރައްވަމުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!