އަދުރޭއަށް ރައީސްކަން ދިނުމުން މަލީހް ލަދުން އަވަދިވެއްޖެ
ދެންމެ | 28 މެއި 2024

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ފޮނުދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އިންތިހާބުކުރުމަކީ ލަދުވެތިކަމެއް ކަމަށް ކުރީގެ ސައިންސް މިނިސްޓަރު އަދި ޕީއެންއެފްގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމަށް މިއަދު އިންތިހާބު ކުރީ ބޮޑު އަގުލަބިއްޔަތަކުން 71 މެމްބަރުންގެ ވޯޓާއެކު އެވެ.

މަލީހު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ވެސް މަރުހަބާ ވިދާޅުވި އެވެ. ނަމަވެސް އަބްދުއްރަހީމް މަޖިލީހަށް އިންތިހާބު ކުރުމުން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

މަލީހު އަބްދުއްރަހީމް ސިފަ ކުރެއްވީ މަގާމަށް ކުފޫހަމަނުވާ ތަންދޮރު ނޭގޭ އަހުލާގެއް ނެތް ބޭފުޅެއްގެ ގޮތުގައެވެ.

”މަޖިލިހުގެ ރައީސްގެ ގޮތުގައި [އަބްދުއްރަހީމް] ރ.މުއިއްޒު މަހަޖެއްސުމުން ދައްކުވައިދެނީ މުއިއްޒު ޤައުމަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރާާވަރު. ލަދުވެތި.“ މަލީހު އިތުރަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާއިބު ރައީސްއަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވެސް ވަނީ އިންތިހާބު ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!