ޓާކީގެ ނަން ތުރުކީ އަށް ބަދަލުކޮށްފި.
ދެންމެ | 03 ޖޫން 2022
ޓާކީގެ ނަން ތުރުކީ އަށް އދ އިން ބަދަލުކޮށްދީފި އެވެ.

އެގޮތުން ކުރިން ލިޔަމުން ދިޔަގޮތަށް “Turkey”ގެ ބަދަލުގައި މިހާރު ލިޔަންޖެހެނީ   “Türkiye“ އެވެ.

މި ބަދަލަކީ ތުރުކީގެ އެދުމަކަށް އދ އިން ގެނެސްދިން ބަދަލެކެެވެ.

އދ ގެ ސްޕޯކްސް ޕާސަން ސްޓެފެން ޖުޑޭރިކް ވިދާޅުވީ އަންގާރަ ދުވަހު ތުރުކީ ވިލާތުފޮރިން މިނިސްޓަރުގެ ސިޓީފުޅެއް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އެ ސިޓީގައިވާގޮތަށް މީގެފަހުން ތުރުކީ ވިލާތުގެ ނަން ބޭނުންކުރާނީ ”Türkiye“ މިގޮތަށްކަމަށް އދ ގެ ސެކެރެޓަރީ ޖެނެރަލް ނިންމަވާފައިވާކަމަށެވެ.

”ސިޓީ ލިބުނު ދުވަހުން ފަށައިގެން ވަނީ އެގޮތަށް ނަން ބަދަލުކުރެވިފައި،“ އދ ގެ ތަރުޖަމާން

އދ ގައި މި އެދުން އެދުމުގެ ކުރިން ތުރުކީން ވަނީ ބައެއް އެންބަސީތަކާއި ކޮންސިއުލޭޓްތަކުގެ ނަންވެސް ބަދަލުކޮށްފައެވެ. މި މަސައްކަތް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!