’ފަތްމިނިހިކަ‘ ފަރި ދެއްކުމުގެ ލާމަސީލް.
ދެންމެ | 04 ޖޫން 2022

ފަތްމިނިހިކާ އަކީ ރާއްޖޭގެ ފަރުފުޅުތަކުގެ ބޭރުން ވަރަށް މަދުން ފެންނަ ހިކައެކެވެ.

މިބާވަތުގެ ހިކައަކީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. އަދި ދިވެހންގެ އެއްވެސް ޒާތެއްގެ މަސްވެރިކަމެއްގައި މިބާވަތުގެ ހިކާ ހިފިފައެއް ނުހުރެއެވެ. ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން މިބާވަތުގެ ހިކާ ހިފާއުޅެނީ ދިރޭމަސް ބޭރުކުރުމަށް މަސްހިފާއުޅޭ ފަރާތްތަކުންނެވެ. މިއީ ވަރަށް އަޅައިގަންނަ ކުލަތަކެއްގައި ރީތި ފަރިޙަރަކާތްތަކެއް ކުރާ ހިކައެކެވެ. މި ބާވަތުގެ ފިރިހެން ހިކާ އަބަދުވެސް އުޅޭތަން ފެންނަނީ ދެތިން ހަތަރު އަންހެންމަހާއެކުގައެވެ.

މިއީ ވަރަށް ފުނުގައި އުޅޭ ހިކައެކެވެ. އަތޮޅު ބޭރުދުނީގެ ފަރުތަކުގެ ބޭރުން 20 މީޓަރަށްވުރެ ފުނުގައި މިބާވަތުގެ ހިކާ އުޅޭކަމަށް ރެކޯޑުކުރެވިފައިވެއެވ. މި މަސް އެންމެ ބޮޑުވަނީ 7.5 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ މެދުތެރޭގައި އުސްކޮށް ހުންނަ ކަށްޓެއް ފާޅުކޮށް ފެންނަން ހުރެއެވެ. ބުރަކަށިމަތީ  ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 1 މަޑުކަށިހުރެއެވެ. މަހުގެ ކޮތަރިތަކުގައްޔާއި ނިގޫފަތުގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މިމަސް ފަރިއަށް ކޮތަރިތައް ހުޅުވާލާއިރު ވަރަށް ރީއްޗެވެ. މިމަހަށް ކިޔާ ދިވެހިނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ރީތިކަމަށާއި ފަރިކަމަށްބަލާ އަދި ފެންނަލެއް ތަދުކަމުން މިމަހަށް ”ފަތްމިނިހިކާ“ ކިޔާ ނަން ދީފައިވަނީއެވެ. މަހުގެ ކާނާއަކީ ފަނިފަކުސައެވެ

ގުޅުންހުރި ލިޔުންތައް