”ސަރުކާރު“ ނަމުގައި ރައީސް އޮފީހުން ނޫހެއް ހިންގަން ފަށައިފި
ދެންމެ | 31 މެއި 2024

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލް މަޢުލޫމަތު ހާމަކުރައްވާފައިވާ ގޮތުގައި ރަސްމީކޮށް ނޫސް ލޯންޗް ކޮށްފައިނުވާ ކަމަށާއި، ވެބްސައިޓް މިހާރު ލައިވް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. މިފަދަ ނޫހެއް ހިންގުމުގެ މަޤްސަދަކީ ސަރުކާރުގެ ހުރިހާ މިނިސްޓްރީގެ ޚަބަރުތައް އެއް ތަނަކުން ގެނެސްދިނުމަށް ކަމަށާއި މިފަދަ ނޫހެއްގެ ސަބަބުން އާންމުންނަށާއި މީޑިޔާތަކަށް މައުލޫމާތު ހިއްސާ ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަބަރުތައް ވެސް ގެނެސްދޭނެ ކަމަށް ޚަލީލް ހާމަކޮށްފައިވެއެވެ.

ސަރުކާރުން އެމީހުން ހިންގާ އަމިއްލަ އެޖެންޑާތައް ރައްޔިތުންނަށާއި މީޑިޔާތައް ފޮރުވައި އޮޅުވާލުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

މިގޮތުން ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކުރުމަށްފަހު، މީޑިޔާތަކާއި އާންމުންގެ ބޮޑެތި ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށުމުން ވަނީ މައްސަލަ އޮއްބައިލާފަ އެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް މީޑިޔާތަކުން ގުޅުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!