ކައިވެނިނުކޮށް ދިރިއުޅުމަކީ އެއްފައިމަތީ ދިރިއުޅުން ފަދަ ކަމެއް!
ދެންމެ | 31 މެއި 2024
ޢާއިލާއެއް ނަމަ ފިރި މީހާއަކީ ޢާއިލާގެ ރައީސެވެ. ނާއިބު ރައީސަކީ އަނބި މީހާކަމަށް ބަލާށެވެ. ޢާއިލާ ރޭވުމާ ސިޔާސަތު ކަނޑައެޅުމުގައި ދެމީހުންގެ ބައިވެރިވުން އޮންނަންވާނެއެވެ.

ކާއިނާތުގެ ވެރި ﷲ سبحانه وتعالى ޚަލުޤުކުރެއްވި ކޮންމެ އެއްޗެއް ޚަލުޤުކުރައްވާފައިވަނީ، ޖޯޑު ޖޯޑަށެވެ. ކައިވެނި ކުރުމަށް ކުޅަދާނަ މީހަކު ނަމަ ކައިވެނިކުރަންޖެހޭނެއެވެ. އެއީ ދީނުގައި ވެސް އެކަން އޮތްގޮތެވެ. ކައިވެނި ކުރަންޖެހޭނީ ، ފިރިހެނަކާއި އަންހެނަކާއެވެ. މުސްލިމުން މުސްލިމަކާއެވެ. ނުވަތަ އިސްލާމް ވުމަށް ފަހުގައެވެ. ޢަބުރުވެރި ބިކުރުވެރި ޞާލިޙު އަންހެނަކާއި ކައިވެނި ކުރުމަށް އިސްކަން ދިނުމަށް إسلامދީންބާރުއަޅައެވެ. ކައިވެނި ނުކޮށް ދިރިއުޅުމަކީ އެއްފައި މަތީގައި ދިރިއުޅުންފަދަ ކަމެކެވެ.ކައިވެންޏަށް ފަހު ދަރިން ލިބޭނެކަމަށް ބަލަންޖެހެއެވެ. އެކަމަށް ތައްޔާރުވާންޖެހެއެވެ. އެހެންކަމުން ދެން އޮތީ ޚަރަދު ކުރުމާއި ބެލެހެއްޓުމެވެ.

އަނބިންނާއި ދަރިންނަކީ ވެސް ނިޢްމަތެކެވެ. އަނބި ދަރިންނަށް ޚަރަދު ކުރުމަކީ އިޚްތިޔާރީކަމެއް ނޫނެވެ. އެއީ ދީނީގޮތުންނާއި ޤާނޫނީގޮތު ކުރުން ލާޒިމު ނުކޮށްފި މީހަކު ޤާނޫނީ ގޮތުން ޖަވާބުދާރީކުރެވޭކަމެކެވެ.

އަނބި ދަރިންނަށް ޚަރަދު ކުރުމަކީ ދުރުމީހަކަށް ކުރާޚަރަދެއް ނޫނެވެ. އަނބި ދަރިންނަށް ޚަރަދުކުރުމަށް ދީނުގައި ވަކި މިންވަރެއް ނުވެއެވެ. ނަމަވެސް އެއީ ޤާނޫނީ ގޮތުން ޢަދަދުތަކެއް ކަނޑައަޅާފައިވާކަމެކެވެ. ޢާއްމުގޮތެއްގައި ޚަރަދުލައްވަނީ ޚަރަދު ނުކުރާ މީހުންގެ މައްޗަށެވެ. އެއީ ވަރިވީއިރު ނުވަތަ ވަރިކުރިއިރު ދަރިންތިބޭ މީހުން ދަރިންނަށް ޚަރަދު ނުކޮށް އިހުމާލުވާ މައްސަލަތަކުގައެވެ. އަނބި މީހާއަށް އެކަށީގެންވާވަރަށް ޚަރަދު ނުކުރި ނަމަވެސް ޚަރަދު ހޯދުމަށް އަންހެނަކު މަދުފަހަރަކު ނޫނީ ޝަރީޢަތަކަށް ނުދެއެވެ. ފަހަރުގައި އެކަން އޮންނަ ގޮތް ރަނގަޅަށް ނޭނގެނީ ކަމަށްވެދާނެއެވެ. މަޞްލަޙަތު އިސްކުރަނީކަމަށް ނުވަތަ މަޖުބޫރީ ޚާލަތެއް އޮތީކަމަށް ވެސް ވެދާނެއެވެ.

ދަރިންނަށް ކުރާ ޚަރަދަކީ ތިމާއަށްކުރާޚަރަދެކެވެ. ތިމާ އަދާކުރަންޖެހޭ ޒިންމާއެކެވެ. ޢާއިލާއެއް ނަމަ ފިރި މީހާއަކީ ޢާއިލާގެ ރައީސެވެ. ނާއިބު ރައީސަކީ އަނބި މީހާކަމަށް ބަލާށެވެ. ޢާއިލާ ރޭވުމާ ސިޔާސަތު ކަނޑައެޅުމުގައި ދެމީހުންގެ ބައިވެރިވުން އޮންނަންވާނެއެވެ. އެކަނި މީހަކާ ނުއިނދެ ހުންނަ އިރު އަމިއްލައަށް ކަންކަން ނިންމުމުގެ އިޚްތިޔާރު އޮތްނަމަވެސް އެހެން މީހަކު ގެންގުޅޭ ނަމަ އޭނާގެ މަޞްލަޙަތަށް ވެސް ބަލަންޖެހެއެވެ.

އެއީ ދެރަކަމެއް ވިޔަސް އުފަލެއް ލިބުނަސް އަނބި މީހާ އަށް އެކަމަކުން ރިއެކްޝަން އަންނާނެތީއެވެ. ދަރިންތިބި ނަމަ ދަރިންނަށް އަންނާނެތީއެވެ. ޚަރަދު ކުރަން ވާނީ ލިބޭ މިންވަރުން ބަހާލައިގެން ލިބޭ މިންވަރު ދަނެގެންނެވެ. އިޝްރާފްކުރުމަކީ ގެއްލުމެކެވެ. އެއީ ﷲ ރުހި ވޮޑި ނުގަންނަވާކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!