ރާާއްޖެ އާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދާކަށް ނޫޅެން: އިންޑިޔާ
ދެންމެ | 01 މެއި 2024

މި ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހުށަހެޅި ވާހަކަ އިންޑިއާއިން ދޮގުކޮށްފިއެވެ.

ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެގްރީމެންޓެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއް ހަދަން ހުށަހަޅާފައިވާ ވާހަކަފުޅުދައްކަވާފައިއެވެ.

ނަަމަވެސް ނިމިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއިން ވަނީ މިނިސްޓަރުގެ ވާހަކަފުޅު ދޮގުކޮށްފައިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ރަންދިރް ޖައިސްވާލް ވަނީ އެފަދަ ވާހަކަތަކެއް ހިމެނޭ ރިޕޯޓުތަކެއް ފެނިފައިވާ ކަމަށް ވިދާޅުވެ އެ ރިޕޯޓުތައް ދޮގުކުރައްވާފައިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން އިތުރަށް ވިދާޅުވީ މިފަދަ ރިޕޯޓުތަކެއް ފެންނަމުން އައި ކަމުގައި ވީނަމަވެސް މިއީ ދޮގު ރިޕޯޓުތަކެއް ކަމަށާއި ރާއްޖެއިން މިފަދަ އެއްބަސްވުމެއް ގާއިމު ކުރަން ބޭނުންވާ ނަމަ އެ ގައުމުން އެކަން ބައްލަވާނެ ކަމުގެ ފުރިހަމަކަންވެސް ވަނީ ދެއްވާފައިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!