ހަށިވިއްކި ދެ މީހުން އަތުލައިގެން އިރު، ހަށިގަތް މީހުން ގެއްލިއްޖެ
ދެންމެ | 08 ޖޫން 2024

ގެ ސެލޫނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ތައިލެންޑްގެ ދެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

އެއީ 39 އަހަރުގެ މީހާއި 22 އަހަރުގެ މީހެކެވެ. މި ދެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވެ އެވެ.

އެ މީހުން މަސައްކަތް ކުރަމުން ދޮޔަ ސެލޫންގައި ހަށިވިއްކާކަމުގެ ހެކިތައް ފުލުހުންނަށް ލިބިފައިވާ އިރު، އެ ތަނުން ބަރަހަނާ ހާލުގައި ތިބި ދެ މީހަކު ވެސް ފެނުނު ކަމަށް އެ މީހުންގެ ބަންދު އަމުރު ރިޕޯޓުގައިވެ އެވެ.

ސެލޫން އާއި ސްޕާގެ ނަމުގައި މާލެ ސަރަހައްދުގައި ފުޅާކޮށް ހަށިވިއްކުމުގެ ވިޔަފާރި ހިންގާ ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!