މުއްސަދިވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ފަގީރު ދިރިއުޅުމަށް ލަދުވެތިވުން!
ދެންމެ | 09 ޖޫން 2024

ފަގީރު ކަމުން މުއްސަނދިކަމަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފަގީރު ކަމަށް ލަދުވެތިވުމެވެ. އަތުގައި އެއްޗެއް ނެތް ހާލުގައިވެސް މުއްސަނދިން ފަދައިން ދިރިއުޅެން ގަސްތުކުޅައުމެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި މީހާ ދަރަނީގެ އަޅުންނަށް ގިނަބަޔަކު ވެފައިވަނީ މި ސަބަބަށްޓަކައެވެ.

ފަގީރު ހާލުގައި ފަގީރު ދިރިއުޅުމެއް އުޅުމަށް ލަދުވެތި ނުވާށެވެ. ތިމާގެ ގައިގާ ނެތް ފެންވަރުން އުޅެން ނޫޅޭށެވެ. އޭގެ ބަދަލުގައި ވީހާވެސް ހަރަދުކުޑަކޮށް އުޅުމަށް އާދަކުރާށެވެ. ކިތަންމެ ބޭނުންވިޔަސް ތިމާއާ އެކަށީގެންނުވާ ތަކެތި ހުންނާނެކަންވެސް ގަބޫލުކުރާށެވެ. ތިމާއަކީ ފަގީރެއް ނޫންކަން މީހުންނަށް ދެއްކުމަށްޓަކައި ދަރަނިވެރިވެ، މޮޅު އަގުބޮޑު ތަކެތި ގަނެ އުޅުމަކީ މުޅިއުމުރަށް މީހާ ފަގީރުކަމުގައި ނުތަނަވަސް ދިރިއުޅުމެއް އުޅެންޖެހިދާނެ ސަބަބެކެވެ.

މުއްސަނދި ވާން އެދޭނަމަ ފަގީރު ހާލުގައި ފަގީރު ދިރިއުޅުމެއް އުޅެން އާދަކުރާށެވެ. ދަރަނިވެރިވުން އާދައަކަށް ނުހަދާށެވެ. ދިރިއުޅުމުގެ ހަރަދުކުޑަކޮށް އާންމުދަނީ އިތުރުކުރުމަށް މަސައްކަތްކުރާށެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމަށް މަސައްކަތްކުރާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!