ބަރުދަން ލުއި ކުރަން އެކި މީހުން އެކި އުކުޅުތައް ބޭނުންކުރާ އިރު މިކަމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކުރާ ކަމެކެވެ.
ގިނަގިނައިން ފެން ބޯން އާދަކުރަން ޖެހެ އެވެ. މިއީ މީހާ ޑިހައިޓްރޭޓްވުމުން ވެސް ރައްކާތެރިކޮށް ދޭނެ ކަމެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކެއުމުގެ ކުރިން ނުވަތަ ފަހުން ބުއިމަކީ ބަރުދަން ލުއިކުރަން ވަަރަށް ބޮޑަށް އެހީތެރި ވެދޭނެ ކަމެކެވެ.
ކެއުމުގެ 20 މިނެޓު ނުވަނަ 30 މިނެޓު ކުރިން ދެ ތަށި ފެން ބުއިމަކީ ބަނޑު ފުރިފައި ހުރިކަން އިހުސާސް ކުރެވޭނޭ ކަމެކެވެ. އަދި ގިނައިން ކެއުމުން ދުރުކޮށް ބަރުދަން ލުއިކުރަން ފަސޭހަކޮށްދިނުމުގެ އިތުރުން ހަޖަމް ކުރަންވެސް ފަސޭހަވެގެންދާނެއެވެ.
އިންސާނާގެ ހަށިގަނޑުގެ 66 އިންސައްތަ އަކީ ފެނެވެ. ހަށިގަނޑުގައި ގިނަ އަދަދަކަށް ފެން ހުންނައިރު ދުވާލެއްގެ މައްޗަށް ބޯންޖެހޭ ވަރަށްވުރެ އިތުރަށް ފެން ބުއިމުން ލޭގައި ލޮނު ހުންނަ މިންވަރަށް އަސަރުކޮށް ހޮޑުލެވޭ ގޮތް މެދުވެރިވެ ބޯ އަނބުރާ ގޮތްވެއެވެ.