މަގުމަތިވެ، އާވާރާވެ، ގޮތް ހުސްވެފައިވާ ކޭޕާކުގެ ވެރިން އެޗްޑީސީއަށް ވަދެއްޖެ
ދެންމެ | 11 ޖޫން 2024

ހުޅުމާލޭގައި ހަދަމުން އަންނަ މަތީ ފެންވަރުގެ ކޭ-ޕާކް ރެޒިޑެންސް ފްލެޓް މަޝްރޫއުގެ ތެރޭ މަކަރާއި ހީލަތްހެދުމުގެ މައްސަލަތަކެއް ކުރިމަތިވެ އެ މަޝްރޫއު ހުއްޓިފައި ހުންނާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް އެތަނުން ފްލެޓް ގަތް ފަރާތްތަކުން މިއަދު ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަސްމަންޒަރު – ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން، ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތަކެއް މަކަރާ ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ އަހަރު މެއި މަހު އެވެ. އެ މައްސަލާގައި:

  • މިދިޔަ ޑިސެމްބަރުގައި އެ ކުންފުނީގެ ކުރީގެ މަނޯރިޓީ ހިއްސާދާރު މުހައްމަދު މަމްދޫހު (މަންޑޭ)ގެ މައްޗަށް 200އަށް ވުރެ ގިނަ ދައުވާ ކޯޓަށް ވަނީ ހުށަހަޅާފަ

  • އޭގެ ތެރެއިން 100އަށް ވުރެ ގިނަ ދައުވާ ކޮށްފައިވަނީ، އެ ހިޔާނާތުގައި އިސްކޮށް އޭނާ ހުރި ކަމަށް ތުހުމަތުކުރެވޭ

މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ބުނާ މައްސަލާގައި ލަނޑު ލިބުނު 50އަށް ވުރެ ގިނަ މީހުން ތިބި އިރު، އެއިން ކޮންމެ މައްސަލައެއް ވަކިވަކިން ދައުވާ ކުރަން ޕީޖީ އޮތީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!