ޖޭއެސްސީ އިސްލާހް ކުރުމުގެ ބިލް ތިން ވަނަ ފަހަރަށް ތޯރިގް ހުށަޅައިފި.
ދެންމެ | 05 ޖޫން 2022

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލެއް އަނެއްކާވެސް ހުށަހަޅުއްވައިފި އެވެ.

މި އިސްލާހުގެ ބިލު ހުށަހެޅުއްވީ ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު އެވެ. މިއީ މިފަދަ ބިލެއް މަޖިލީހަށް ތޯރިގު ހުށަހެޅުއްވި ތިންވަނަ ފަހަރެވެ. މީގެކުރިން ދެ ފަހަރު ވެސް ތޯރިގު ހުށަހެޅުއްވި ބިލު ވަނީ ބޭރުކޮށްލާފަ އެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.

ޖޭއެސްސީ މިހާރު އެކުލަވާލެވިފައި އޮތީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމުގައި ވިޔަސް އެ ކޮމިޝަން އޮތީ ފަނޑިޔާރުގޭގެ މިނިވަންކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް ނޫން ކަމަށް ބައެއް ރައްޔިތުން ގަބޫލުކުރެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް އެންމެ ބޮޑަށް މީގެކުރިން ފާޑުކިޔާފައިވަނީ މިހާރު ވެރިކަން ކުރާ ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީ އެވެ. އެކަމަކު ގާނޫނުއަސާސީ އިސްލާހުކޮށްގެން ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން އެ ޕާޓީން މާ ބޮޑު މަސައްކަތެއް ކުރާ ތަނެއް އަދި މިހާތަނަށް ނުފެނެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ބެހޭ ގޮތުން އދ. އާއި ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ވެސް މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!