ސަސްޕެންޑު ވަޒީރުންނަށް ޓެކްސް ފައިސާއިން މުސާރަދޭތީ މަލީހް ނައްޓައިފި
ދެންމެ | 14 ޖޫން 2024

ސަސްޕެންޑުކޮށްފައިވާ ވަޒީރުންނަށް ޓެކްސް ފައިސާއިން މުސާރަދިނުން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކުށްވެރި ކުރައްވައިފިއެވެ.

މި ސަރުކާރުން އަންނަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ޔޫތް މިނިސްޓްރީގެ ނައިބު މަރިޔަމް ޝިއުނާ އަދި މަލްޝާ ޝަރީފުއަށް މުސާރަދެމުންނެވެ.

މިފަދަ ޖަރީމާއެއް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލިބިގެންވާ ބާރެއް ނޫންކަމަށް މަލީހު ވިދާޅުވިއެވެ. އަދި މިކަމުން އެއްވެސް ބަޔަކަށް ހެވެއް ނުވާނެ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ވަނީ މި ސަރުކާރުން ކޮންމެވެސް އެއްގޮތެއް ހިޔާރުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފައިއެވެ.

މި ދެ ވަޒީރުންވެސް ވަނީ އިންޑިއާއަށް ފުރައްސާރަކުރި މައްސަލާގައި ސަސްޕެންޑުކޮށްފައިއެވެ. ނަމަވެސް މެދުކެނޑުމެއް ނެތި އެ ދެ ވަޒީރިންނަށްވެސް މުސާރަ ލިބެއެވެ. މިކަމާ ގުޅިގެން ގިނަ އާންމުން ގެންދަނީ އެކަމާ ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުވެސް ކިޔަމުންކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!