ކޮފީއަކީ ޒުވާން ކޮށްދީ ޖޯޝު ގެނުވާ ބުއިމެއް!
ދެންމެ | 15 ޖޫން 2024

ކޮފީއަކީ ކޮންމެ ދުވަހަކުވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަށް ބަޔަކު ބޭނުންކުރަމުންދާ ވަރަށް މަގުބޫލު ބުއިމެކެވެ.

ކޮފީ އުފައްދާފައިވަނީ ކޮފީގަހުގައީ އަޅާ ކޮފީބީންސް ރޯސްޓް ކުރުމަށްފަހުގައެވެ. ގިނަމީހުން ކޮފީ ބޮނީ ކޮފީއިން މީރު ރަހައެށް ލިއްބައިދޭތީއެވެ. އަދި ހަކަތަ އިތުރުކޮށްދޭ އެއްޗަކަށްވެސް ވާތީ އެވެ. މީގެ އިތުރުން ކޮފީގެ ސަބަބުން ސިއްހަތަށް އެތަކެއް ފައިދާ ތަކެއްވެސް ލިބެއެވެ.

ކޮފީ ބުއިމުގެ ސަބަބުން ހަކަތަ ލިބޭ ކަމުގެ އިހުސާސް ކުރެވޭ މައިގަނޑު ސަބަބަކީ ކޮފީގައި ކެފެއިން ކިޔާ ކެމިކަލެއް ހިމެނޭތީ އެވެ. ކެފެއިން އަކީ ސްޓިމިއުލަންޓެއް ކަމުން ސިކުނޑިއާއި ހަށިގަނޑަށް ވަގުތީ ގޮތުން ހަކަތަ އިތުރުކޮށްދެއެވެ. ކެފެއިންގެ ސަބަބުން ހަށިގަނޑަށާއި ސިކުނޑިއަށް އެހެން ފައިދާތައްވެސް ލިބެއެވެ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީ ބޯ މީހުންނާއި ކޮފީ ނުބޯ މީހުންނާ އަޅާބަލާއިރު އެތައް ބަލިތަކެއް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. ހަކުރުބައްޔާއި، ޕާކިންސަން ބައްޔާއި، ފުރަމޭގެ ބަލިތަކާއި، ޑިޕްރެޝަން އަދި ބައެއް ކެންސަރުތަކުން ވެސް ރައްކާތެރިވުމަށް ކޮފީ އެހީތެރިވެދެއެވެ.

މިއީ ކޮފީގައި އެންޓިއޮކްސިޑެންޓްސް އާއި އެހެނިހެން ފައިދާހުރި ގަސްގަހާގެހި އެކުލެވޭ މާއްދާތައް ވަރަށް ގިނައިން އެކުލެވިގެން ވާތީއެވެ. މި އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ސްޓްރެސް އިންވެސް ރައްކާތެރިކަން ލިއްބައިދެއެވެ. އަދި އިންސާނާގެ ސަމާލުކަމާއި، މޫޑް، އަދި ހަނދާން އިތުރުކުރުމަށް ވެސް ކޮފީ އެހީތެރިވެދެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީ ބޯ މީހުންނަށް ސިކުނޑި ބޭނުންކޮށްގެން ހަދަންޖެހޭ ޓެސްޓްތަކުން ރަނގަޅު ނަތީޖާތަކެއް ލިބެއެވެ.

ނަމަވެސް މާގިނައިން ކޮފީ ބުއިމުން ހާސްވުމާއި، ނިދި ނުލިބުމާއި، އަދި ބައެއް މީހުންގެ ހިތުގެ ހިނގުން އިތުރުވުން ފަދަ ނޭދެވޭ އަސަރުތައް ކުރިމަތިވެދާނެއެވެ. ސިއްހަތު ރަނގަޅު ބޮޑެތި މީހުންނަށް އެންމެ ރަނގަޅީ ދުވާލަކު 3-4 ތަށި ކޮފީއެވެ. ކުޑަކުދިން ކޮފީ ބޯނަމަ އެންމެ އެދެވިގެން ވަނީ ދުވާލެއްގެ މައްޗައް 100 މިލިގްރާމް އަށްވުރެ ގިނަ ނުވާވަރަށް ކޮފީ ބޭނުން ކުރުމެވެ.

ޖުމްލަކޮށް ބަލާއިރު ކޮފީ އާދައިގެ މިންވަރަކަށް ބޭނުން ކުރުމުން ސިއްހަތަށް ފައިދާހުރި ބުއިމެއް ކަމުގައި ވެދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!