މައްކާއަށް އާދަޔާ ހިލާފަށް ހޫނު ގަދަވެ ހައްޖުވެރިން ދުވާލު ބޭރަށް ނިކުތުން މަނާ ކޮށްފި
ދެންމެ | 17 ޖޫން 2024

މައްކާގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ހައްޖުވެރިން ބޭރަށް ނުނިކުތުމަށް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން އަންގައިފިއެވެ.

ހޫނު ގަދަވުމުގެ ސަބަބުން ޖަމްރާތައްވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ. އެކަން ސައުދީ އާއި ބައިނަލްއަގުވާމީ މީޑިއާތަކުން ކަށަވަރުކޮށްދެއެވެ.

ސައުދީގެ މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ ހައްޖު މިނިސްޓްރީން ހައްޖު ގްރޫޕުތަކަށް އަންގާފައިވަނީ ހެނދުނު 11 އިން ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ހައްޖުވެރިން ބޭރަށް ނުނިކުތުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

މައްކާގެ ހޫނުމިން ވަގުތު ރެކޯޑުކުރެވިފައި ވަނީ 47 ޑިގްރީ ސެލްސިއަސްއެވެ. އަދި މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި އިހްސާސްކުރެވޭ ހޫނުމިން 70 ޑިގްރީއަށް މިދުވަސްވަރު އަރާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!