ހަގުރާމައަށް ދިޔަ 100 އެއްހާ ދިވެހިން ނުގެނެވިފައި އެބަތިބި: މިނިސްޓަރ އިހްސާން
ދެންމެ | 21 ޖޫން 2024

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި ބައިވެރިވާން ރާއްޖެ އިން ދިޔަ މީހުންގެ ތެރޭގައި ހިމެނޭ 100 އަށްވުރެ ގިނަ މީހުން ރާއްޖެ ނުގެނެވި އެބަތިބި ކަމަށް ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވީ، ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ރާއްޖެއަށް ނުގެނެވި އެބަތިބި ކަމަށާއި އޭގެތެރޭގައި ގިނައީ ކުޑަކުދިން ކަމަށެވެެ. އިހުސާން ވިދާޅުވީ އެ ކުޑަކުދިންނަކީ ދިވެއްސެއްގެ ފަރާތުން ލިބުނު ކުޑަކުދިންތޯ ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެެވެ. އަދި އެމަސައްކަތަކީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް އިހުސާން ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގައި ބައިވެރިވާން ދިޔަ މީހުން ގެނައުމުގެ މަސައްކަތް ފޭސްތަކަކަށް ބަހާލައިގެން ކުރަމުންދާކަމަށެެވެ.

”ފުރަތަމަ ކަމަކީ އެހިސާބަށް އެކްސެސް ހޯދުން. އެއީ ޑިޕްލޮމެޓިކް މަސައްކަތްތަކެއް. މިހާރު އެދަނީ އެމަސައްކަތް ކުރަމުން ޚާރިޖީ ވުޒާރާ އިން،“ އިހުސާން ވިދާޅުވިއެވެ.

ބޭރުގައި ހިނގާ ބައެއް ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވުމަކީ އަދި ބައިވެރިވާން އުޅުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ޖިނާއީ ކުށެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!