ހިތުގެ ޒަލްޒަލާ ކުރިމަތިވާ ފިރިހެނުން އަންހެނުންނަށްވުރެ އިތުރު!
ދެންމެ | 22 ޖޫން 2024

އުމުރުން 30 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންގެ މެދުގައި ކަންބޮޑުވާންޖެހޭ މިންވަރަށް ހާޓް އެޓޭކްއާއި އެނޫންވެސް ހިތުގެ ބަލިތައް އިތުރުވަމުން އަންނަ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ސަބަބެއްގެ ގޮތުގައި ފާހަގަވެފައިވަނީ ޖެނެޓިކްސްގެ އިތުރުން ދިރިއުޅުމުގެ އާދަތަކާއި ކޮވިޑް 19 ޕެންޑެމިކްގެ އަސަރުތައް ކަމަށް ވެސް އެ ބޭފުޅުން ބުނެ އެވެ.

އެގޮތުން ކެއިންބުއިމަށް ފަރުވާ ކުޑަ ކުރުމާއި ހެލިފެލިވެ އުޅުން މަދުވުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމަކީ ވެސް މިކަމަށް ވާގިދޭ ކަންކަން ކަމުގައި ދިރާސާތަކުން ބުނެ އެވެ.

އާއްމުކޮށް އަންހެނުންނަކީ ފިރިހެނުންނާ އަޅާބަލާއިރު ހިތުގެ ބަލިތަކަށް މާބޮޑަށް ހުށައެޅިފައިވާ ބައެއްކަން ފާހަގަ ކުރެވެ އެވެ. އެހެން ނަމަވެސް ބައެއް ސަބަބުތަކާހެދި ފިރިހެނުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

ޒުވާނުންގެ މެދުގައި ނޭދެވޭ ދިރިއުޅުމުގެ އާދަތައް ހުރުމަކީ ދިގު މުއްދަތުގައި ހިތާމަ ކުރަން ޖެހިދާނެ ކަމެއްކަން މިކަމުން ވެސް އެނގެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!