އާރެއް ބާރެއްނެތް ފުލުހެއްގެ ގައިގައި ބިރެއްނެތި ކާރުން ޖެއްސުމަށް ފަހު ފިލި މީހާ، ނަސީބަކުން ހައްޔަރުކޮށްފި
ދެންމެ | 22 ޖޫން 2024

ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށް ފަހު ފިލި މީހާ، ހައްޔަރުކޮށްފި އެވެ.

ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށް ފަހު ފިލީ، ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް، އަލީ ރަޝީދުގެ ފިރިހެން ދަރިފުޅުކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.

އެނގިފައިވާ ގޮތުގައި ފުލުސް މީހާގެ ގައިގައި ޖެއްސި ކާރު ދުއްވަން އިނީ އަލީ ރަޝީދުގެ ދަރިފުޅެވެ. އެ ކާރު ރަޖިސްޓަކޮށްފައި ވަނީ އަލީ ރަޝީދުގެ ނަމުގަ އެވެ.

މިއީ، ހުޅުމާލޭގައި ހިންގި މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހެއްގެ ގައިގައި ކާރުން ޖެއްސި މައްސަލަ އެވެ. މި މައްސަލައިގައި ކުރިން މީހަކުވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހާގެ ބަންދަށް ކޯޓުން ކުރިންވަނީ 15 ދުވަސް ޖަހާފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ޖޫން 15 ވަނަ ދުވަހު ފަތިހު ހުޅުމާލެ 10 ނަންބަރު ފްލެޓު ކައިރިންނެވެ. މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެވިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!