ގެފުޅުގެ ތަޅުދަޑީގެ އަމާނާތްތެރިޔާ އަވަހާރަވެއްޖެ
ދެންމެ | 23 ޖޫން 2024

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون 💔 ކައުބަތުﷲ ގެފުޅުގެ ރައްކާތެރިޔާ އަދި ގެފުޅުގެ ތަޅުދަނޑީގެ ބެލެހެއްޓުންތެރިޔާ ޑރ. ޞާލިޙް ބިން ޒައިން އަލްޢަބީދީން އަލް ޝައިބީ އަވަހާރަވެއްޖެ އެވެ.

ޑރ. ޞާލިޙް ބިން ޒައިން އަލްޢަބީދީން އަލް ޝައިބީ އަކީ ރަސޫލާ ﷺ ޞަޙާބީ ޢުޘްމާން ބިން ތަލްހާ رضي الله عنه ގެ އާއިލާގެ ފަރާތުން މި އަމާނާތާއި ހަވާލުވި 109 ރައްކާތެރިޔާ އަދި ގެފުޅުގެ ތަޅުދަނޑީގެ ބެލެހެއްޓުންތެރިޔާއެވެ.

ޝެއިޚް ޞާލިޙް އަލް ޝައިބާގެ މައްޗަށް މަސްޖިދުލް ޙަރާމްގައި ނަމާދުކޮށް އަލްމުއައްލާ ސަހަރާގައި ވަނީ ފަސްދާނު ލާފައެވެ.

މައްކާ ފަތަޙަ ކުރި ދުވަހު ގެފުޅުގެ ތަޅުދަނޑި އޮތީ ޢުޘްމާނު ބުނު ޠަލްޙާގެ އަތުގައެވެ. އިތުރުއެކަލޭގެފާނު عثمان ގެ އަތްޕުޅުން ގެފުޅުގެ ތަޅުދަނޑި އަތުލެއްވިއެވެ. ގެފުޅުގެ ދޮރުކޮޅު ހުޅުއްވައިގެން ގެފުޅުގެ ތެރެއަށް ވަދެވަޑައިގެންނެވިއެވެ. އިރުކޮޅަކު ގެފުޅުގެ ތެރޭގައި ހުންނަވައި ގެފުޅުގެ ތެރޭގައި ހުރި ބުދުތައް މުގުރުއްވިއެވެ.ރަސޫލާ ﷺގެފުޅުން ނުކުމެވަޑައިގެންނެވިއިރު، އަތްޕުޅުގައި ގެފުޅުގެ ތަޅުދަނޑިފުޅު އޮތްނެވިއެވެ. އެކަލޭގެފާނު ވިދާޅުވަމުން ގެންދެވީ އެކަލޭގެފާނު އެކުލަވައިލެއްވި ﷲ ގެ ކަލާނމްފުޅު، ކީރިތި ޤުރްއާންގެ އައްނިސާ ސޫރަތުގެ 58 ވަނަ އާޔަތެވެ. މިއާޔަތުގައި ވަޢުޘު އިއްވަވާ ކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވައި ވޮޑިގެންވާ، މޮޅަށް ބައްލަވައި ވޮޑިގެންވާކަލަކުކަމުގައިވެއެވެ. މިފަދައިންނެވެ.

އެވަގުތު އެކަލޭގެފާނުގެ ދެބެންގެދެދަރި ކޮއްކޯފުޅު އަދި ދަނބިދަރިކަލުން علي بن ابي طالب رضي الله عنه ތެދުއެވަޑައިގެން ވިދާޅުވިއެވެ. “ މާތް ﷲ ކަލޭގެފާނަށް ޞަލަވާތް ލައްވާށިއެވެ. އަޅުގަނޑުމެން ހާޝިމްވަންހައިގެ ބޭފުޅުންނަށް ކުރީއްސުރެވަނީ ގެފުޅަށް ޒިޔާރަތްކުރާ މީހުންނަށް ފެންދިނުމުގެ ވެރިކަން ލިބިފައެވެ. އެހެންވީއިރު އަޅުގަނޑުމެންނަށް ގެފުޅުގެ ތަޅުދަނޑިފުޅުގެ ވެރިކަން (ގެފުޅުގެ ބަނޑޭރިކަން) ވެސް ދެއްވުން ކީއްތޯއެވެ؟“

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، عليގެފާނުގެ ވާހަކަފުޅަށް އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ عثمان بن طلحة ކޮބައިހެއްޔެވެ؟ އޭނާ ޙާޟިރު ކުރެވުނުހިނދު އޭނާގެ އަތްޕުޅަށް ތަޅުދަނޑިފުޅު ދެއްވަމުން ޙަދީޘް ކުރެއްވިއެވެ. ”عثمان އެވެ! މިއޮތީ ކަލޭގެ ތަޅުދަނޑިއެވެ. މިއަދަކީ ގެޔޮކޮށް ހިތުމާއި ވަފާތެރިކަމުގެ ދުވަހެވެ. އަބަދުގެ އަބަދަށް ދަރިފަސްކޮޅަށް ވާރުތަވާގޮތަށް މިތަޅުދަނޑި ގެންދާށެވެ. އަނިޔާވެރިޔަކު މެނުވީ މިތަޅުދަނޑި ތިޔަބައިމީހުންގެ އަތަކުން ނާތުލާނެއެވެ.“

މައުލޫމާތު ނެގުނީ ; ހަރަމްފުޅުގެ ފޭސްބުކް ޕޭޖް
ލިޔުނީ ; ޑެއިލީ ދުޢާސް ✍️

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!