ތިންވަނަ ބޮޑު ހަނގުރާމަ ތިން މަސްތެރޭ ފެށޭނެ ކަމުގެ އިންޒާރު ސާބިޔާ ރައީސް ދީފި
ދެންމެ | 23 ޖޫން 2024

އެމެރިކާއާއި ރަޝިއާއާ ދެމެދު މައްސަލަތައް އިތުރަށް ގޯސްވެގެން ގޮސް ތިން މަސް ދުވަހާއި ގާތް މުއްދަތެއްގެ ތެރޭގައި ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ ކަމަށް ވޫޗިޗް ދެކިލައްވައެވެ.

ވޫޗިޗް ވިދާޅުވީ ހަނގުރާމައެއްގެ ބިރަށް ސާބިއާގެ އޮފިޝަލުންނަށް ވަނީ ތެލާއި ގޮދަނުގެ ބާވަތްތަކުގެ އިތުރުން ހަކުރު ހުރި މިންވަރު ބެލުމަށް އަންގާފައިކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ މައިދާނަށް އަންނަމުންދާ ލޮޅުންތަކާއި ކުރިމަތިވަމުންދާ ނުރައްކާތަކުގެ ސަބަބުން އަޅާފައިވާ ރައްކައުތެރިކަމުގެ ފިޔަވަޅެއްކަމަށްވެސް ބުނެފައިވެއެވެ.

ތިން ވަނަ ބޮޑު ހަނގުރާމައެއް ފެށިގެންދިއުމާއި ގުޅޭ ގޮތުން ވެސް އޭނާވަނީ ވާހަކަދައްކަވާފައެވެ. ވޫޗިޗް ވިދާޅުވީ، ހަނގުރާމަ ފެށިގެން ދިއުން އޮތީ މާ ދުރުގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، 3 މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ނެތްކަމަށާއި އޭގެ ކުރިންވެސް ފެށިގެން ދިއުމުގެ ނުރައްކާތައް އޮތްކަމަށެވެ.

އޭނާ ވިދާޅުވީ، ދުނިޔެ މިއޮތީ ބޮޑު ކާރިސާއެއް ކުރިމަތިވުމާއި ގާތުގައި ކަމަށެވެ. އަދި އެތައް މިލިއަން ބަޔަކު ގެއްލިގެންދިއުމަށް ތައްޔާރުތޯ ސުވާލުކުރައްވާ އޭނާވަނީ ހަނގުރާމައިގެ ތެރޭގައި ސާބިއާ ޝާމިލު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!