ރައީސް ޔާމީނަށް ލަނޑުދިނީ ދުރާލައި ރާވައިގެން ތަޖްރިބާ އާއިއެކު: އަދުރޭ
ދެންމެ | 24 ޖޫން 2024
ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ކުރީގެ ރައީސް, ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ގޮތް އެނގިވަޑައިގަންނަވާތީ, ރިޔާސީ އިންތިޚާބުގެ ޓިކެޓް މިހާރުގެ ރައީސް, ރައީސް ޑރ. މުޢިއްޒަށް ދެއްވުމަށް ވިސްނެވި ކަމަށް އަދުރޭ ވިދާޅުވެއްޖެއެވެ.

އަދުރޭ ޗެއަރ ކުރައްވަމުން ގެންދަވާ, ޕީއެންސީގެ މައި ޖަހަގަ ހުޅުވުމަށް ބޭއްވި ޖަގަހަ ޖަލްސާގައި އަދުރޭ ވަނީ ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން އަދުރޭ ވިދާޅުވީ, ރަައީސް ޔާމީންނާއެކު ކުރެއްވި 30 އަހަރު ދުވަހުގެ ދިގު ތަޖުރިބާއާއެކު, ރައީސް ޔާމީނަށް ވާދަ ނުކުރެވޭނަމަ އިންތިޚާބު ބޮއިކޮޓް ކުރައްވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެކަން ސުޕްރީމް ކޯޓުން ނިންމުމާއެކު, އިންތިޚާބުގައި ބައިވެރިނުވެ, އިންތިޚާބު ބޮއިކޮޓް ކުރަން އޭރުގެ އިދިކޮޅަށް ރައީސް ޔާމީން އެންގެވިއެވެ. ނަމަވެސް އޭރު އިދިކޮޅު ހިންގެވުމާ ހަވާލުވެ ހުންނެވި އަދުރޭ ވަނީ, ލީޑަރޝިަޕް ބައްދަލުވުމެއް ބާއްވާ އިންތިޚާބުގައި ބައިވެރިވާން ފެނޭތޯ ވޯޓެއް ނަންގަވާފައެވެ. އަދި އެތެރޭގެ އިންތިޚާބެއް ބާއްވާ ޕާޓީގެ ޓިކެޓް ރައީސް މުއިއްޒަށް ވަނީ އަރުވާފައެވެ.

”އެބަ ވިދާޅުވީ ރައީސް މުއިއްޒަށް ޓިކެޓް ދޭން މާކުރިން ރޭވީއޭ, މާކުރިން ރޭވީމޭ, އެއީ ރައީސް ޔާމީންގެ ގޮތް އިނގޭތީ“ އޭރު ކަން ހިނގައި ދިޔަ ގޮތް ވަރަށް ފޯރީގައި ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

30 އަހަރު ދުވަހުގެ ތަޖުރިބާއާއެކު އަޅުގަނޑު ވިސްނަމުން ގެންދިޔައީ ޕާޓީ ބިޔަވެ, މަގުމަތި ނުވާނެ ގޮތެއް

އަދުރޭ ވިދާޅުވީ, ”އޮޕްޝަން އޭ, ބީ, ސީ“ ގެންދިޔަ ކަމުގައި ވިޔަސް, ރައީސް ޔާމީނަށް އިންތިޚާބުގައި ކުރިމަތި ނުލެއްވޭނަމަ އެމަނިކުފާނަށް ރަނގަޅު ގޮތެއް ނޯންނާނެކަން އިނގިވަޑައިގަންނަވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!