ސިހްރުގެ ތުހުމަތުގައި މިނިސްޓަރ ރަމީޒް ވެސް ސަސްޕެންޑް ކޮށްފި
ދެންމެ | 27 ޖޫން 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް މީހުންގެތެރޭގައި ހިމެނޭ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ސަސްޕެންޑްކޮށްފިއެވެ.

އޭނާ ސަސްޕެންޑްކުރީ ރައީސް އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ.

އާދަމް ރަމީޒު ހުންނެވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމުގައެވެ. ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެންމެ އަރިސް މީހުންގެ ތެރޭގައި ހިމެނުނު ރަމީޒު އަންނަނީ ސިޓީ ކައުންސިލުން ފެށިގެން ޑރ. މުއިއްޒާއި އެކު މަސައްކަތް ކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބުގައި ޑރ މުއިއްޒު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން އެންމެ ފުރަތަމަ ވާހަކަ ދެއްކި އެކަކީވެސް ރަމީޒުއެވެ. އެ މައްސަލާގައި އޭނާ ވަނީ ޕީޕީއެމުން ވަކިވެސް ކޮށްފައެވެ.

ރަމީޒު ސަސްޕެންޑް މި ކުރީ އޭނާގެ ކުރީގެ އަންހެނުން ފާތިމަތު ޝަމްނާޒް އަލީ ސަލީމް ރައީސް ޑރ މުހައްމަދު މުއިއްޒު، ހިތްޕުޅާވޭތޯ ”އިސްތިރި“ އެއް ހެދި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށް އޭނާ ހުރި މަގާމުން ވަކިކޮށްފައި ވަނިކޮށެވެ. އޭނާ ހުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ.

ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޝަމްނާޒާއި އެކު އޭނާގެ ކޮއްކޮއާ އިތުރު މީހަކު ހައްޔަރުކޮށް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި މި ތިން މީހުންގެ ބަންދަށް ވަނީ 7 ދުވަސް ޖަހާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!