އޮމާން ރީތި ހަންގަނޑެއް ބޭނުން ނަމަ ގައިގަ މޭވާ ވަށާލާ!
ދެންމެ | 28 ޖޫން 2024

ރީތި އޮމާން، ވިދާ ބަބުޅާ ހަންގަނޑެއް ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ. ބައެއް މީހުންނަށް އެއީ ޖެނެޓިކްސްގެ ސަބަބުން ޤުދުރަތުން ވާރުތަ ކުރާ ކަމަކަށް ވިޔަސް، އަނެއްބައި މީހުން ޖެހެނީ އެކަން ޙާސިލް ކުރުމަށްޓަކައި މަސައްކަތް ކުރާށެވެ.

ރީތި ހަންގަނޑެއް ހޯދުމަށް އިޚުތިޔާރު ކުރަން އެންމެ ރަނގަޅީ ޤުދުރަތީ އެއްޗިއްސެވެ. އެގޮތުން މޭވާ އަކީ ހަންގަނޑަށް ފައިދާހުރި ގިނަގުނަ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެ ފައިދާތައް ހޯދުމަށް ހަމައެކަނި މޭވާ ކެއުމަކުން ނުފުދޭނެއެވެ. ހަންގަނޑުގައި އުނގުޅަން ވެސް އެންމެ ރަނގަޅު އެކައްޗަކީ އެޔެވެ. މޭވާގެ ތެރެއިން ވެސް ހަންގަނޑަށް އެންމެ ރަނގަޅު މޭވާގެ ބާވަތްތައް ތިރީގައި އެ ވަނީ އެވެ:

އޮރެންޖު: އޮރެންޖުގައި ހިމެނޭ ވިޓަމިން ސީ ގަވާއިދުން ހަންގަނޑަށް ލިބުމުން، ހަންގަނޑު އުޖާލާވެއެވެ.

ފަޅޯ: ފަޅޮލަކީ ވިޓަމިން އޭ، ބީ އަދި ސީ އިން މުއްސަނދިވެފައިވާ މޭވާ އެކެވެ. ފަޅޯ ކެއުމުގެ އިތުރުން ހަންގަނޑުގައި އުނގުޅުމުން ޤުދުރަތީ ”މޮއިސްޗަރައިޒާ“ އެއްގެ ދައުރު އަދާ ކޮށްދޭނެއެވެ. އަދި ހަންގަނޑު ސާފުކޮށް، ބިހި ނެގުމާ ދުރުކޮށްދެއެވެ.

ކަރާ: ކަރަލުގެ ސަބަބުން ހަންގަނޑަށް މަޑުކަން ގެނެސްދީ، ހައިޑްރޭޓް ކޮށްދޭނެއެވެ.

އަލަނާސި: އަލަނާސީގައި ވިޓަމިން އޭ، ސީ، ކޭ އަދި މިނެރަލްސް އެކުލެވިގެންވެއެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑަށް ބޭނުންވާ ދުޅަހެޔޮ ”ސްކިން ސެލްސް“ ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވެއެވެ.

އަނބު: އަނބަކީ ޖާދޫއެއް ކަހަލަ މޭވާއެކެވެ. އޭގައި އެކުލެވޭ ވިޓަމިން އޭ، އީ އަދި ސީ އިން ހަންގަނޑަށް ލިބިފައި ހުންނަ ޒަޚަމްތައް ރަނގަޅުކޮށްދީ، ބިހި ނެގުމާ ދުރުކޮށްދެއެވެ. އުޖާލާ، އޮމާން ހަންގަނޑެއް ހޯދުމަށް އަނބު އެހީތެރިވެދެއެވެ.

މި މޭވާތައް މޫނުގައި އުނގުޅާއިރު، އެންމެ އެދެވިގެންވާ ގޮތަކީ، ކޮންމެވެސް އެހެން ބާވަތަކާ އެއްކޮށް ފޭސް މާސްކެއް ހަދާފައި އުނގުޅުމެވެ. ގަވާއިދުން މިކަން ކުރާނަމަ، ނަތީޖާ ފެންނަލެއް އަވަސް ވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!