އަމީންދީދީގެ ’ގުޑާކު‘ ދުންފަތަށް ނުވެ، ސަލާމަތް ވާނެ ތަ!
ދެންމެ | 29 ޖޫން 2024

1 ޖެނުއަރީ 1953 ފުރަތަމަ ޖުމްހޫރީ ވެރިކަން މިދީބަށް އަލިވިލުނު ހިނދު (ދީވީން)ގެ ރާއްޖޭގެ ރައްޔިތުންނަށް ޖުމްހޫރީ ވެރިކަމުގެ ޤުލްޝަނުގެ ރޯޝަނީ އުންމީދު އާވެގެން ދިޔައެވެ. ސަބަބެއް ނެތި އެއް ނޫނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުވެ ، ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވި ހީނަރުކަމާއި އެކު ރައްޔިތުން ތަޙައްމަލު ކުރަމުން ދިޔަ ދަތިތަކަށް އަލިމަގެއް ފެނިދާނެ ކަމުގެ އުންމީދެވެ. ނަމަވެސް ޖުމްހޫރީ ވެރިކަމުގެ ސިޔާސަތުގެ ތެރޭގައި ، އާ ޤާނޫނީ އިލްތިޒާމުތަށް ރައްޔިތުންގެ މައްޗަށް ތަންފީޒު ކުރުމާއި “ ގުޑާކު ދުންފަތް “ މަނާ ކުރުމުގެ ޤާނޫނާއި، އިމްޕޯޓު މުދަލުން ( މަޢުމޫލު ) ނަގާނެގުން ބޮޑުވުމާއި ، އަދި ގޭބިސީތަކަށް ބޭނުންވާ ކާޑުގެ ބާވަތްތަކުގެ އަގު ފަލަވުން ، މިކަމުގެ އަސްބާބުތަކުގެ ތެރޭގައި ހިމެނެއެވެ. އެއިރަށް ބަލާނަމަ ސިޔާސީ އޮއިވަރާއި އެކު (ގުޅަކުޅޭ) ފަސްގަނޑުގައި ކުރި އިޙްތިޖާޖް ތަކެވެ. މީގެ ނަތީޖާއަކީ ޖުމްހޫރީ ވެރިކަމަށް 7 މަހާއި 21 ދުވަސްފަހުން ރައީސުލް ޖުމްހޫރިއްޔާ ޢަޒުލު ކުރުމެވެ.

2019 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާއިން ހަފުސްވެފައިވާ ދިވެހިންގެ އިގްތިސާދު ހަމައަކަށް އެޅުވުމުގެ ވައުދާއި އެކު ރިޔާސަތަށް ރެދެލި ކުރެވުނީ ޑރ. މުހައްމަދު މުއިއްޒެވެ.

2024 ވަނަ އަހަރުގެ ރާއްޖޭގެ ވެރިކަމުގެ ހާލަތަށް ވިސްނަވާށެވެ. 2023 ވަނަ އަހަރުގެ ފޯރިގަދަ އިންތިޚާބަކަށް ފަހު ، ފަޚާމަތުއް ރައީސް ޢަބްދުއްﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ (ޤާއިމް މަޤާމަށް) އެމަނިކްފާނުގެ ހިޔަނިފުޅުގައި ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމަށް ( ކޮލިލީ) ޑރ. މުޙައްމދު މުޢިއްޒު އަށެވެ. މިއީ ކޮއިލުތެރޭގެ ހަނގުބޭކަލުންގެ މައްކާރު ރޭވުމެކެވެ. ރައީސް މުޢިއްޒު އިންނެވި (ހިރިޔާ) ގައި  މިކަމަށް ވަޒީރުލް އައުޒަމް ވަނީ ޢިއުތިރާފު ވެސް ވެފައެވެ. ރައީސް ޑރ. މުޢިއްޒު ވެރިކަމުގެ ތަޚްތު (ރެނދަލި) ކުރުމާއި އެކު ، ގިނަގުނަ ވަޢުދުވިއެވެ. ސިޔާސީ ބޮޑުން ގިނަ ނުކުރުމާއި ، (އުތުރުކަރަ) އިންޑިޔާގެ ކެރުނު ބަޔަކަށް ބޮނޑިކޮށްލުމުގެ ސިޔާސަތު ނައްތާލުމާއި، ވޭތުވެ ދިޔަ ފަސްއަހަރުގެ ދިވެހިންގެ އިސްތިޤުލާލަށް ކުރިމަތިވި ބިރުތަށް ނައްތާލުމުގެ ވަޢުދެވެ. އަދި (ފެހެންދީބު) ކަނޑުން ގެއްލުނު ބައި ހޯދުމުގެ ވަޢުދެވެ.

ރައްޔިތުން ހީކުރި ގޮތާއި ޚިލާފަށް ބޮޑުން ގިނަކޮށް ކަރަޕްޝަނުގެ ވާހަކަ ރަށު ތެރޭގައި ދެކެވެން ފަށައިފިއެވެ. ސިޙުރު ހާހޫރައިގެ ލަދުވެތި ވާހަކަ ވެރިމީހާއި ވިއްދައި ކިޔަން ފަށައިފިއެވެ. މަގާމްތަކަށް ނާގާބިލް އެތައް ބަޔަކު މަތިކުރާވާހަކަ ގަދަވާން ފަށައިފި އެވެ. މަސްވެރިކަމުގެ ސިނާޢަތު ހީނަރުވުމާއި، ރާއްޖޭގެ ބައިތުލް މާލާއި ، އިޤްތިސާދީ ހަމަ ނުކިއްސަރުވާން ފަށައިފިއެވެ. މަޑުމަޑުން ގަނެވިއްކުމުގެ ވިޔަފާރި އާއި، ބޭރު ފައިސާ ލިބުން ދަތިވުމާއި، މިފަދަ ކަންކަމަށް ބުރޫ އަރަން ފަށައިފިއެވެ. ބޮޑުން ފިޔަވައި، ރާއްޖޭގައި ޓެކްސް ދައްކައިގެން އުޅޭ ގޭބިސީތަކުގެ ފައިކޭޓަށް ބާރު ކުރުމާއި ، ލޯނަކަށް ފަހު ލޯނު ބޯމަތިވުމާއި ، ކުލި ނުދެއްކި ރައްޔިތުން އަތްމަތި ދަތިވާން ފަށައިފިއެވެ. ހަމަ މިއާއި އެކު ދުނިޔޭގެ ވިޔަފާރި އިދާރާތަކުން ދަނީ ކެނޑި ނޭޅި މިސިޔާސަތުތަކަށް ރެޑް ނޯޓިސް ނެރެމުންނެވެ.

ރައީސް ޑރ. މުއިއްޒު ގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުވުމުގެ ބުރަ ބޮޑު މަސައްކަތާއި އެކު ނިކުމެ ވަޑައިގެންފި އެވެ. ހަރަދު ކުޑަ ކުރުމުގެ ގިނަ ކަންތައް ތަކެއް އިއުލާން ކުރައްވައިފި އެވެ. ހަގުބޭކަލުން ރުހިވަޑައި ނުގެންނެވި ނަަމަވެސް ސަލާމަތުގެ އައްސޭރިއަކަށް ދެވެން އޮތީ ކަންތައްތަކެއް ބަދަލު ކޮށްގެން ނެވެ.

ވިސްނާލަން ހިނގާށެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ހުޅުކޮޅު ނިވުމުގެ ސަބަބަކީ އިޤްތިސާދީ ސިޔާސަތު ދޯހަޅި ވުމެވެ. މިވެރިކަމަށް ނަޒަރު ކުރާއިރު ، މިފެންނަނީ މިފަދަ ކަމީނާ ސިޔާސަތުތަކެކެވެ. ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްނުވިއެެއް ކަމަކު ، ރައްޔިތުންގެ މައިނާރަށް ބާރުބޮޑުވާ ވަރަކުން މުލިޔާގެ ދޮށަށް ހަވަރު ޖަމާވުމަކީ ދުރުކަމެއް ނޫނެވެ.

 

 

* މިއީ އަހުމަދު ތާލިބު އޭނާގެ ފޭސްބުކުގައި ސާއިރު ކޮށްފައިވާ ލިޔުމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!