ޓެކްސް ފައިސާ އަޅައިގެން ހިންގާ، ގެއްލުންވާ ސަރުކާރު ކުންފުނިތައް އުވާލަން ގާސިމް ގޮވާލައިފި
ދެންމެ | 02 ޖުލައި 2024

ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތައް އުވާލަން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

މާމިގިލީ ދާއިރާގެ މެންބަރުގެ މަޤާމުގައިވެސް ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް މިކަމަށް ގޮވާލެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ މެންބަރުން ދެކޭގޮތެއް ހޯދުމަށް މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ނެވެ.

ޤަރާރުގެ ބަހުސްގައި ޤާސިމް ވިދާޅުވީ ކޮންމެ މާލީ އަހަރެއް ނިމިގެންދާއިރު ދަޢުލަތުގެ ބަޖެޓް 15 ބިލިއަނުން ޑެފިސިޓް ވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެހެންކަމުން ޤާސިމް ހުށަހެޅުއްވީ ގެއްލުންވަމުންދާ ސަރުކާރުގެ ކުންފުނިތައް އުވާލައި، ޕްރައިވެޓް ސެކްޓަރުގެ ދައުރު އިޤްތިޞާދުގައި އިތުރަށް ފުޅާކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!