ކްރިމިނަލް ކޯޓުގައި ދޭވާނީއެއް ނުވަތަ އާންމުކޮށް ކިޔާ ނަމުން ނަމަ ހައްދު ޖަހާ މީހަކު ނެތިގެން ހައްދު ޖެހުން ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަން ހާމަވެއްޖެ އެވެ.
އެކަން ހާމަވީ ޕްރޮސިކިއުޓާ ޖެނެރަލް މުހައްމަދު ޝަމީމް މިއަދު ރައްޔިތުންގެ މަޖިިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ ވާހަަކަ ދެއްކެވުމުން ނެވެ.
ޝަމީމް ވިދާޅުވީ ހައްދު ޖަހަން ކްރިމިނަލް ކޯޓުން ހުކުމް ކުރާ ކަމަށާއި ނަމަވެސް އެކަން ކުރާނެ މީހަކު ނެތުމުން ހައްދު ޖެހުން ތަންފީޒު ނުކުރާތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
ނަމަވެސް ހައްދު ނުޖަހާ ހޭދަވީ ކިހާ ދުވަހެއް ކަމަށް އޭނާ ވިދާޅެއް ނުވެއެވެ.
ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ހައްދު ޖެހުމަކީ އަސްލު ކްރިމިނިލް ކޯޓުގެ ޒިންމާއެއްވެސް ނޫނެވެ. އަދި އެއީ އަސްލު ކަރެކްޝަންސްގެ ޒިިންމާއެކެވެ. ނަމަވެސް އެކަން ކްރިމިނަލް ކޯޓުން ކުރަނީ ކީއްވެގެން ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެވާނީއެއް ހޯދަން މިދިޔަ މަހު ވަނީ އިއުލާންވެސްކޮށްފަ އެވެ.
އާންމުކޮށް އެންމެ ގިނައިން ހައްދު ޖަހައި އުޅެނީ ޒިނޭގެ މައްސަލަތަކުގަ އެވެ.