އޮރިޔާން ސައިޓްތަކަށް ފަހު، ސައިބަރ ކުރައިމް ހުއްޓުވުމަށް ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ހުށަހަޅައިފި
ދެންމެ | 03 ޖުލައި 2024

ރާއްޖޭގައި ހިންގާ ސައިިބާ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނުލްއުގޫބާތުގައި އެ ކުށްތައް ހިމަނާ އެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

 

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މީގެ ކުރިން ސައިބާ ކުށްތައް ހިމަނާފައެއް ނުވެ އެވެ.

 

ސައިބާ ކުށްތަކުގެ ގޮތުގައި ހިމަނާފައިވާ ކަންކަން

ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސްވުން

އިތުރު ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސްވުން

ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާއަށް އިންޓަސެޕްޓްކުރުން

ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އިންޓަފިއާ ކުރުން

ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުން

ސައިބާ ވަޔަލަންސްގެ އަމަލުތައް

ކޮމްޕިއުޓަރާއި ގުޅުން ހުރި ފޯޖަރީގެ އަމަލުތައް

ކޮމްޕިއުޓަރާއި ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް

ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް

 

މި ބިލުގައި މިއިން ކޮންމެ އަމަލެއް ކުށެއް ކަމުގައި ބެލޭނެ މިންގަނޑާއި ކުށެއް ނޫން ކަމުގައި ބެލޭނެ މިންގަނޑާއި މި ކުށްތަކަށް ކަނޑައަޅާނެ އަދަބުތައްވެސް ހިމަނާފައިވެ އެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރާ ތާރީހުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!