ޒިނޭކުރި ދެ މީހެއްގެ ފިނދުމަސްގަނޑުގައި 100 އެތި ފަހަރުން ހައްދު ޖަހަން ހުކުމްކޮށްފި
ދެންމެ | 03 ޖުލައި 2024

ޒިނޭކުރިކަން ސާބިތުވި ދެ މީހެއްގެ ގައިގައި ހައްދު ޖަހަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ، ޒިނޭކުރުމުގެ ކުށުން އެ ދެ މީހުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން، ގާނޫނުލްއުގޫބާތުގެ ދަށުންނާއި އެމީހުންގެ އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންވެ ޖިނާއީ އިޖުރާއަތު ގާނޫނަށް ރިއާޔަތްކޮށް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަނާއާއި މާއިޝް، 100 އެތިފަހަރުން ހައްދު ޖެހުމަށާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ގޭބަންދުކުރުމަށް ކޯޓުން ހުކުމްކުރި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!