ރަހްމަތްތެރި ކަމަށް ހެދިގެން އުޅޭ ދެފުއްކެހެރި މުނާފިގުންނާއި ދުރުވޭ!
ދެންމެ | 04 ޖުލައި 2024

ރަހުމަތްތެރިންނަކީ ދިރިއުޅުމުގައި ވަރަށް މުހިއްމު ބައެކެވެ. އެއީ އުސްގަނޑުތަކާއި އަޑިގަނޑުތަކުގައި އެންމެ ކައިރީގައި ތިބޭ މީހުންނެވެ. އެހެން ނަމަވެސް ރަހުމަތްތެރިންގެ ފަރާތުން ވެސް ވަކި ސިފަތަކެއް ފެންނަނަމަ ސަމާލުވާން ޖެހެ އެވެ.

 

ދަތި ހާލަތްތަކުގައި އެހީނުވުން

ކުރިމަތިވާ އެންމެހާ ހިތްދަތިކަމެއްގައި އެންމެ ގާތުން އަހަރުމެންނާއެކު ވާންޖެހޭނީ އަހަރުމެންގެ ރަހުމަތްތެރިންނެވެ. އެ މީހުންގެ ފަރާތުން ހިތްވަރާއި ތަސައްލީ ލިބެ އެވެ. އެހެން ނަމަވެސް މިފަދަ ހާލަތްތަކުގައި ކައިރިން ނުފެންނަ ރަހުމަތްތެރިންނަކީ ހަގީގީ ރަހުމަތްތެރިންނެއް ނޫނެވެ.

 

ގޯސް ނަސޭހަތް ދިނުން

ކުރާ ކޮންމެ ކަމެއްގައި ރަހުމަތްތެރިންގެ ލަފައާއި ނަސޭހަތް ހޯދުމަކީ ގިނަ މީހުންގެ އާދަ އެކެވެ. އެގޮތުން ކަންކަމުގައި ގޯސް ނަސޭހަތް ދީ ނުބައި ކަންކަމަށް ހިތްވަރު ދޭނަމަ އެ ރަހުމަތްތެރިއަކާ މެދު ސަމާލުވާން ޖެހެ އެވެ.

 

ވާހަކަ ”ހޯދަން“ އުޅުން

ރަހުމަތްތެރިޔާ ގުޅައި ވާހަކަ ދައްކާ ހަދަނީ ހަމައެކަނި އެހެން މީހުންގެ ވާހަކަ ހޯދައި ނުވަތަ ކިޔައިދީ ނެތިމޮށެން ކަމުގައިވާނަމަ އެހެން މީހުން ކައިރީގައި ތިބާގެ ވާހަކަ ހަމަ އެގޮތަށް ދައްކާފާނެ ކަމާމެދު ސަމާލުވާށެވެ.

 

ކާމިޔާބީތަކަށް އަޅާނުލުން

ރަހުމަތްތެރޔާގެ ދިރިއުޅުމުގައި ކިތަންމެ ކަމެއް ގޯސްކޮށް ހުރި ނަމަވެސް ހަގީގީ ރަހުމަތްތެރިން ކަމުގައި ވާނަމަ އަމިއްލަ މުސީބާތްތައް ދޫކޮށް އަހަރުމެންނަށް ލިބޭ ކާމިޔާބީތަކުގައި ބައިވެރިވެ ހިއްސާވާނެ އެވެ.

 

އެހެން މީހުންނާ އަޅާކިޔުން

ތިބާގެ ހުރިހާ ކަމެއް އެހެން މީހުންނާ އަޅާކިޔައި އަމިއްލަ ނަފްސުގެ އަމިއްލަވަންތަކަން ގެއްލުވާލަން ހިތްވަރު ދޭނަމަ އެއީ ވެސް ހަގީގީ ރަހުމަތްތެރިންނެއް ނޫނެވެ. ހަގީގީ ރަހުމަތްތެރިން ތިބާ ބަލައިގަންނާނީ ތިބާގެ ގޮތުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!