ކިރު ބޮއެގެން އަނގަތެރެ ސާފުކުރުން މުހިއްމު!
ދެންމެ | 04 ޖުލައި 2024

ރޭގަނޑު ކުދިންނަށް ކިރުތަށި، ބުއްފުޅިދީފައި ނިންދަވާއިރު ވެސް އަދި އެނޫން ވަގުތަކުވެސް ކިރު ދޭނަމަ އަދި ބޮޑެތި މީހުން ބޭނުންކުރިނަމަވެސް އަނގައަށް ފެންލައި ވަރަށް ރަނގަޅަށް ސާފުކުރަންވާނެއެވެ. މިޒަމާނުގައި ބުނަން ޖެހޭނީ ރޭގަނޑޫގެ ނިދީގެ ކުރިންނަމަ ދަތްއުޅުގުޅުމަށެވެ.

އެހެނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ކިރުފޮދުހިއްޕަވާނަމަ އަނގަފުޅަށް ފެން ލައްވަވައި ކޯދޮންނަ ފަދައިން އަނގަފުޅު ދޮންނަވައެވެ. އަދި ޙަދީޘްފުޅު ކުރެއްވެވިއެވެ. ”އެއިގަ ސަރުބީވެއެވެ!“

މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ އަނގައިން ކުނިވަސްދުވުމުންނާއި އަނގައަށްޖެހޭ ނުބައި ބަލިތަކުންނާއި އަދި އަވަހަށް ދަތްކޮޅު ފެއިބުން ފަދަ ކަންކަމަށް އޮތް އެންމެ މަޤްބޫލް ފަރުވާއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!